އެމްއެމްޕީއާރުސީ ރީބްރޭންޑްކޮށް މާކެޓިން ވަރުގަދަ ކުރަނީ

އެމްއެމްޕީއާރުސީ ރީބްރޭންޑް ކުރަން ރައީސް ސޯލިހުގެ ސަރުކާރުންވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ފަހުން އެކަން ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

އާ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ރައީސް އޮފީސް

ރާއްޖެ ޕްރޮމޯޓް ކުރަން ހަރަކާތްތެރިވާ ސަރުކާރު ކުންފުނި، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ރީބްރޭންޑް ކުރުމަށް ވިސްނާ ކަމަށް އާ ސަރުކާރުން ބުނެފި އެވެ. 

ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމަށް ވަޑައިގެން ފުރަތަމަ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ އިގްތިސޯދު އެހެން ހަރުފަތަކަށް ގެންދަން ހާއްސަ ފިިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ. މި މަސައްކަތުގެ ދަށުން ވިޒިޓާ އިކޮނޮމިކް ކައުންސިލް (ވީއީސީ) ގެ ނަމުގައި ކައުންސިލެއް ވަނީ އުފައްދަވާފަ އެވެ. 

މި ކައުންސިލްގެ މަސައްކަތުގެ މައުލޫމާތު ދޭން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމްއެމްޕީއާރުސީ ރީބްރޭންޑް ކުރަން ވަރަށް ބޭނުންވާ ކަމަށާ އެކަމަށް މަސައްކަތްތަކެއް ކުރަންވަން ނިންމާފައިވާ ކަމަށެވެ. 

"އެމްޑީން އެސައިން ކުރެވުނީމަ އެކަން ވެސް ކުރިއަށްދާނެ. މިހާރު ހުރި މާކެޓު ކުރުމުގެ ބަދަލުގައި އިތުރު މާކެޓުތަކަށް ފޯކަސް ވެގެންދާނެ،" ފައިސަލް ވިދާޅުވި އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް އެމްއެމްޕީއާރުސީ ރީބްރޭންޑް ކުރަން ކުރިން ވާހަކަ ދެއްކި އެވެ. ނަމަވެސް ފަހުން އެ މަސައްކަތެއް ނުކުރެެ އެވެ. ނަމަވެސް ހިޔާނާތުގެ ސަބަބުން ދުނިޔޭގައި ނަން ހުތުރުވެފައިވާ މި ކުންފުނީ ރީބްރޭޑްކޮށްފައެއް ނުވެއެވެ. މީގެ ބަދަލުގައި ރާއްޖެ އިސްތިހާރު ކުރަން ބޭނުން ކުރީ "ވިޒިޓް މޯލްޑިވްސް" ނަމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.