"އަހަރުގެ މެދުތެރޭގައި ހަތަރު ހަފްތާގެ ސުކޫލު ބަންދެއް އަޅުގަނޑުމެން ހަމަޖައްސާނެ ވާހަކަ ދަންނަަވަން. ޖޫން ޖުލައިގެ ތެރޭގައި ހަތަރު ހަފްތާ ލިބޭނެ އަހަރު ފަހުކޮޅު އޮންނަ ބޮޑު ޗުއްޓީގެ އިތުރުން،" ރައީސް މުއިއްޒު އޭރު ވިދާޅުވެފައިވެ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުވަރީ މަހުގައި ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިކަމުގެ މަޝްވަރާތައް މިއަދު ފައްޓަވާފައި ވަނީ އާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމާ ގުޅޭ ގޮތުން މިނިސްޓްރީ އިން ހަމައެކަނި މީޑިއާތަކަށް ބުނެފައި ވަނީ ޕްރިންސިޕަލުންނާއެކު ބޭއްވި ބައްދަލުވުމުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުވަރީއަށް ބަދަލުކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން، 2025 ވަނަ އަހަރުގެ ޖެނުވަރީ މަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވަނީ މި ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައި ވަނީ، ސްކޫލް ބޮޑު ޗުއްޓީ މީގެ ކުރިން ވެސް އޮންނަ ގޮތަށް ޑިސެމްބަރު މަހަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ. މިހާރު އޮތް ގޮތުން ނަމަ ބޮޑު ޗުއްޓީ ލިބެނީ ޖޫން/ޖުލައިގަ އެވެ.
"އަހަރުގެ މެދުތެރޭގައި ހަތަރު ހަފްތާގެ ސުކޫލު ބަންދެއް އަޅުގަނޑުމެން ހަމަޖައްސާނެ ވާހަކަ ދަންނަަވަން. ޖޫން ޖުލައިގެ ތެރޭގައި ހަތަރު ހަފްތާ ލިބޭނެ އަހަރު ފަހުކޮޅު އޮންނަ ބޮޑު ޗުއްޓީގެ އިތުރުން،" ރައީސް މުއިއްޒު އޭރު ވިދާޅުވެފައިވެ އެވެ.
ފެށުނީއްސުރެ ރާއްޖޭގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަނީ ޖެނުއަރީ މަހު އެވެ. ބޮޑު ޗުއްޓީ ލިބެނީ އާންމުކޮށް ނޮވެމްބަރު މަހު އެވެ. އެކަމަކު ކޮވިޑް-19 އިގެ ބަލިމަޑުކަމާ ގުޅިގެން އެތައް ދުވަހަކު ސްކޫލްތަކުގެ ކިޔެވުން ހުއްޓާލައި އަދި އޮންލައިންކޮށް ކިޔަވައި ދިނުމަށް ފަހު 2021 ވަނަ އަހަރު ވަނީ އަހަރު މެދުތެރޭގައި އާ އަހަރުގެ ކިޔެވުން ފަށާ ގޮތަށް ބަދަލުކޮށްފަ އެވެ.