6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްފި

މިދިޔަ އަހަރު ވެސް ދައުލަތުގެ ހަރަދުތައް ހަމަޖައްސަން އިތުރު 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް: ސަޕްލިމެންޓްރީ ބަޖެޓް ވަނީ ފާސްކޮށްފައި --

މި އަހަރުގެ ބާކީ އޮތް ދުވަސްތަކަށް ބޭނުންވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިއަހަރަށް މަޖިލީހުން ފާސް ކޮށްފައިވަނީ 42.84 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެޔަށް 6.5 ބިލިއަން ރުފިޔާ އިތުރުކުރަން މަޖިލީހަށް ނިމިދިޔަ ސަރުކާރުން ފޮނުވާފައި ވަނީ މިއަހަރަށް ފާސްކުރި ބަޖެޓް ހުސްވުމުންނެވެ.

ސަޕްލިމަންޓްރީ ބަޖެޓުގައި މައިގަނޑު ހަރަދަކަށް ހިމަނާފައި ވަނީ ޕީއެސްއައިޕީ އާއި އާސަންދަ އާއި ސަބްސިޑީ ހަރަދުތަކާއި ސަރުކާރު ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަނަށެވެ. 

ބެޖްޓް ކޮމެޓީން ސަޕްލިމެންޓްރީ ބަޖެޓް ދިރާސާކޮށް ނިންމާފައި ވަނީ މި ބަޖެޓުން ރަޖިސްޓްރީކޮށްގެން ހިންގާ ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތްދޭ ފަރާތްތަކާއި މީޑިއާތަކަށް ބަޖެޓު ކޯޑު ނަންބަރު 1265ގެ ހާއްސަ ބަޖެޓުގެ ތެރެއިން 6.5 މިލިއަން ރުފިޔާ އެ ކޯޑަށް ހަމަޖެއްސުމަށެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް މިއަދު މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި ވަނީ 57 މެމްބަރުންގެ ވޯޓުންނެވެ. ބަޖެޓާ ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ 10 މެމްބަރުންނެވެ.

ސަރުކާރުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން އެނގޭ ގޮތުގައި އާސަންދައަށް ބަޖެޓު ކުރި ވަރަށް 487.6 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވާއިރު ސަބްސިޑީއަށް އިތުރަށް 732.4 މިލިއަން ހަރަދު ކޮށްފައި ވެއެވެ. ބަޖެޓުން 33 ބިލިއަނެއްހައި ރުފިޔާ ފާއިތުވި ސެޕްޓެންބަރު މަހުގެ މެދަކާ ހަމައަށް އައިއިރު ހަރަދުކޮށްފައި ވެއެވެ.

މިދިޔަ އަހަރު ވެސް ދައުލަތުގެ ހަރަދުތައް ހަމަޖައްސަން އިތުރު 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.