ސަރުކާރުން އިއްޔެ ބުނީ އާ ސަރުކާރަށް މިހާތަނަށް އެއްކުރެވުނު މައުލޫމާތަށް ބަލާއިރު އެކި މަސައްކަތްތައް ކުރުމަށް އިންޑިއާ ސިފައިންގެ ޖުމްލަ 77 ސިފައިންގެ މީހަކު ރާއްޖޭގައި ގާއިމްވެ އެބަ ތިބި ކަމަށެވެ.
އިންޑިއާ އިދިކޮޅަށް ދިވެހިން ކަންކަން ކުރުމަކީ ރަނގަޅު ގޮތަކަށް ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު އެކްސްގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ އެންމެ ޒަމާންވީ އެކުވެެރި އަވަށްޓެރި ގައުމަކީ އިންޑިއާ ކަމަށާއި ދިވެހިންނަށް އެންމެ އެހީތެރި ވެދޭ ގައުމަކީ ވެސް އިންޑިއާ ކަމަށެވެެ
"އިންޑިއާއާ ދެކޮޅަށް ދިވެހިން ކަންކަން ކުރުމަކީ ރަނގަޅު ގޮތަކަށް ނުވާނެ،" ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ މެދުދާއިރާގެ މެންބަރު ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދަކީ އަބަދުވެސް އިންޑިއާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމާ ދެކޮޅަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ފުޅާ ކުރެއްވި "އިންޑިއާ އައުޓް" ހަރަކާތާވެސް ނަޝީދު އަބަދުވެސް ދެކޮޅު ހައްދަވަމުން ގެންދެވި އެވެ.
މިއަދު އެ މަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ބާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެ މަނިކުފާނުގެ ސަރުކާރުން މަސައްކަތް ފަށައި އެކަމަށް ރަސްމީކޮށް އިންޑިއާގައި އެދުމާއެކު ރާއްޖޭގައި އިންޑިއާ ސިފައިންގެ ޖުމްލަ 77 ސިފައިންގެ މީހަކު ގާއިމްވެ އެބަ ތިބި ކަމަށް ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
ސަރުކާރުން އިއްޔެ ބުނީ އާ ސަރުކާރަށް މިހާތަނަށް އެއްކުރެވުނު މައުލޫމާތަށް ބަލާއިރު އެކި މަސައްކަތްތައް ކުރުމަށް އިންޑިއާ ސިފައިންގެ ޖުމްލަ 77 ސިފައިންގެ މީހަކު ރާއްޖޭގައި ގާއިމްވެ އެބަ ތިބި ކަމަށެވެ.
އަދި ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި އިންޑިއާ ސިފައިން ކޮށްފައިވާ ކަންކަމުގެ ތަފްސީލެއް ވެސް ސަރުކާރުން ދިނެވެ. އެގޮތުން، މެޑިކަލް އިވެކުއޭޝަންގެ ގޮތުގައި 661 އިވެކުއޭޝަނާއި، ސާވަލަންސްގެ 220 މަސައްކަތުގެ އިތުރުން އޮޕަރޭޝަން ސާޗް މިޝަންގެ 100 މިޝަން ފުރިހަމަ ކޮށްފައިވެއެވެ.
މީގެ އިތުރުން ޑިފެންސާ ގުޅޭ ތަމްރީނުތައް ހިންގުމާއި އެއާ ކްރޫ ޓްރާންސްފާ އަދި ވީއައިޕީގެ އެކި މަސައްކަތްތައް ހިމެނެ އެވެ.