ވީއީސީ އުފެއްދި އަމާޒަކީ ޓޫރިޒަމް އާމްދަނީ ހަ ބިލިއަނަށް މަތިކުރުން

ޓޫރިޒަމް ޑައިވާސިފައި ކުރަން މުޅި ސަރުކާރު އެއްކޮށް ފެށި މި މަސައްކަތުގެ ދަށުން އާ ޓޫރިޒަމް ތައާރަފުކޮށް އާމްދަނީ މަތިކުރާނެ އެވެ.

ވިޒިޓާ އިކޮނޮމިކް ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ -- ރައީސް އޮފީސް

ވިޒިޓާ އިކޮނޮމިކް ކައުންސިލް (ވީއީސީ) އުފެއްދި މަގުސަދަކީ މިހާރު ޓޫރިޒަމް އިން ލިބޭ އާމްދަނީ ހަ ބިލިއަން ޑޮލަރުން ހަތަރު ބިލިއަން ޑޮލަރަށް އުފުލާލުން ކަމަށް ބުނެފި އެވެ.

ޓޫރިޒަމް ޑައިވާސިފައި ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އުފެއްދެވި ވީއީސީ ކައުންސިލްގެ މައުލޫމާތު ދެއްވަމުން އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ މި މަސައްކަތް ފެށިގެން އައިސްފައިވަނީ ޓޫރިޒަމް ޖީޑީޕީ މަތިކޮށް ޓޫރިޒަމް ޑައިވާސިފައި ކުރުމެވެ. މިކަމަށް ވީއީސީ އުފެއްދެވުމާއެކު ހޯލް އޮފް ގަވަރުމަންޓް އެޕްރޯޗެއްގައި މުޅި ސަރުކާރު އެއްކޮށް އެއް ޓާގެޓެއް ހާސިލް ކުރަން މަސައްކަތް ކުރާނެ ކަމަށެވެ. 

"އާއްމުކޮށް ހިނގާ އުސޫލުން ކޮންމެ ދުވަހެއްގެ މަސައްކަތް ވިލަރެސް ކުރަން އިކޮނޮމިކް ކައުންސިލް އޮވޭ. އެއާއެކު ސޯޝަލް ކައުންސިލް ހިނގާ. އެކަމަކު ވިޒިޓާ އިކޮނޮމިކް ކައުންސިލްއަކީ ދުރުރާސްތާ އަދި މެދުރާސްތާ އާއި ކުރުރާސްތާގެ ޓާގެޓްތަކެއް ކަނޑައަޅައިގެން އުފެއްދި ކައުންސިލެއް.. ވަކި އަމާޒުތަކެއް ދެވިގެން ވިލަރެސް ކުރަން ގައިޑެންސް ތަކެއް އުފަން ކޮށް މިނިސްޓްރީތަކާއެކު މަސައްކަތް ކުރާނެ ކައުންސިލެއް،" ސައީދު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި ވިޒިޓާ އިކޮނޮމިކް ކައުންސިލްއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ކާމިޔާބު ކަމާއެކު މަސައްކަތްކުރާ ބައެއް ކަމަށެވެ. 

"މިސާލަކަށް އޮސްޓޭލިއާ، އެ ގައުމުގައިވެސް ޕެންޑަމިކް [ކޮވިޑް-19] އަށްފަހު ޑައިވާސިފައި ކުރުމުގެ މަސައްކަތް ކުރިއަށްދޭ. އިނގިރޭސިވިލާތުގެ ބައެއް ކައުންޓީސްތަކުގައި ވެސް ވަރަށް ކާމިޔާބުކޮށް ކުރިއަށް ގެންދޭ. ދުބާއީ ފަދަ ގައުމުތަކުގައި ވެސް. ވިޒިޓާ އިކޮނޮމީ މޮޑެލް އެބަ ކުރިއަށްދޭ،" ސައީދު ވިދާޅުވި އެވެ. 

ވީއީސީގައި ހިމެނޭ ވުޒާރާތަށް

  • އެޑިއުކޭޝަން މިނިސްޓްރީ
  • ހެލްތު މިނިސްޓްރީ
  • ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
  • ޓޫރިޒަމް މިނިސްޓްރީ
  • އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ
  • ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
  • ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް
  • އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް
އިކޮނޮމިކް މިނިސްޓަރު ސައީދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ރައީސް އޮފީސް

ވިޒިޓާ އިކޮނޮމީ މޮޑެލްގެ މިސާލު ތަކެއް ދެއްވަމުން ސައީދު ވިދާޅުވީ ސްޕޯޓްސް ޓޫރިޒަމް ތައާރަފު ކުރަން ރައީސް މުއިއްޒު ބޭނުންފުޅުވާ ކަމަށާ، މީގެ ތަފުސީލް އެ މިނިސްޓްރީން ދޭނެ ކަމަށެވެ. 

"ސެއިލިންއަކީ ގެންނަން ބޭނުންވާ އެއްޗެއް. އެކަން ކުރަން ސްޕޯޓްސް މިނިސްޓްރީން ކުރަން ބޭނުންވޭ. އެކަމަކު އެކަމުގެ އިންވެސްޓްމަންޓަށް މަސައްކަތް ކުރާއިރު ފޯކަސްޑް ވުޒާރާއެއް ނެތީމަ ދަތިވޭ،" ސައީދު ވިދާޅުވި އެވެ. 

މިނިސްޓަރު ސައީދު ވިދާޅުވި މި ވާހަކައަކީ އާ ވާހަކައަކަށް ނުވިނަމަވެސް މި މަސައްކަތަކީ ރާއްޖެއަށް މުޅިންއާ މަސައްކަތްތަކެއް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.