އަލީ އާދަމްގެ ދަރަޖަ ދަށްކޮށްފި، ކޮމެޓީއަށް ވެސް ހާޒިރުކުރަނީ

އެހެންވެ، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމުން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަގާމަށް އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

ހދ. ޖުޑިޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް

ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދި ކަމުގެ ތުހުމަތު އޮތް އެ ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ ދަރަޖަ ދަށްކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅު މައްސަލައެއްގައި، ކަމާ ބެހޭ މައުލޫމާތު ސާފުނުކޮށް އަދި މައްސަލަ އެކަށީގެންވާ މިންވަރަށް ދިރާސާކުރުމެއް ނެތި ގޮތް ނިންމާފައިވާތީ، އެ މައްސަލައަށް ފަރުވާ ކުޑަ ކޮށްފައިވާކަން ސާބިތުވާ ކަމަށެވެ.

އެހެންވެ، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމުން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަގާމަށް އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

އަލީ އާދަމްއާ ގުޅޭ ސީރިއަސް މައްސަލަތަކެއް ސާބިތުވެ، އޭނާ މަގާމުން ވަކިކޮށްދިނުމަށް އެދި ޖޭއެސްސީ އިން ވަނީ ދެ ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. ފުރަތަމަ ހުށަހެޅީ މިދިޔަ ޖުލައި މަހު އެވެ. އޭގެ ފަހުން އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ވެސް މަޖިލީހަށް ލަފާ ދީފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

މީގެ ތެރެއިން އެއް މައްސަލަ އަކީ ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދި މައްސަލަ އެވެ.

އަލީ އާދަމް ވަކިކުރުމާމެދު މަޖިލީހުން ގޮތެއް ނުނިންމާ އޮތުމުން ޖޭއެސްސީން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މިއަދު އެ މެޖިސްޓްރޭޓްގެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި އެޖެންޑާކޮށްފައިވެ އެވެ. މެމްބަރުން އެ ކޮމެޓީގައި އެދުނީ ގޮތެއް ނިންމުމުގެ ކުރިން އަލީ އާދަމް ކޮމެޓީއަށް ހާޒިރުކުރާށެވެ. 

ނަމަވެސް، ފަނޑިޔާރުން ހާޒިރު ކުރުމަކީ ކޮމެޓީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވުމުން ވަރަށް ހޫނު ބަހުސަކަށްފަހު ވަނީ އޭނާ ކޮމެޓީއަށް ހާޒިރުކުރާން ނިންމާފަ އެވެ. މިއީ މިފަދަ ގޮތަކަށް ފަނޑިޔާރަކު މަޖިލީހަށް ހާޒިރު ކުރާން ނިންމި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.