އީވާ ވަކިކުރަން ހުށަހެޅި މައްސަލައިގެ ނޯޓިސް ފޮނުވައިފި

އީވާގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވިގެން އެ ހައިޖާނުގަނޑުގެ ތެރޭގަ އެވެ. ނަމަވެސް، ވަކިކުރުމުގެ ކުރިން ނަޝީދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ: އޭނާ ވަކިކުރަން ހުށަހެޅި މައްސަލައިގެ ނޯޓިސް މިހާރު ވަނީ ފޮނުވާފައި --

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް ފޮނުވައިފި އެވެ.

މިމަހުގެ 13 ވަނަ ދުވަހު އީވާ ވަކިކުރަން ހުށަހަޅާފައިވާ ވަނީ ރައްޔިތުންގެ މަޖިލީހުގެ 50 މެމްބަރުންގެ ސޮޔާއެކު އެވެ. މި މައްސަލައިގެ ނޯޓިސް އީވާއަށް ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ، އޭރު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު ވަކިކުރަން މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ. އެ މައްސަލައަށް ހުރަސް އެޅުމުގެ ގޮތުން އީވާ ގެންދެވީ ކޮންމެ ދުވަހަކު ސަލާން ފޮނުއްވަމުންނެވެ. 

އީވާގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވިގެން އެ ހައިޖާނުގަނޑުގެ ތެރޭގަ އެވެ. ނަމަވެސް، ވަކިކުރުމުގެ ކުރިން ނަޝީދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

މި މައްސަލައިގައި ޖަވާބުދާރީވުމަށް އީވާއަށް ދޭނެ ވަގުތު ކަނޑައެޅުމަށް މިއަދު އާންމު ކޮމެޓީގައި ވަނީ އެޖެންޑާ ވެސް ކޮށްފަ އެވެ.

އީވާ ވަކިކުރަން ހުށަހެޅި ގަރާރުގައި އެމްޑީޕީގެ 49 މެމްބަރުން ސޮއިކޮށްފައިވެ އެވެ. އޭގެ އިތުރަށް ސޮއިކޮށްފައި ވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.