އާ ޓޫރިޒަމް މިނިސްޓަރު ހުންނެވީ ވަރަށް ހޯމްވޯކް ހައްދަވައިގެން: ފިރާގު

ފިރާގު ވިދާޅުވީ ޓޫރިޒަމްގެ ގިނަ މައްސަލަތަކާމެދު އާ މިނިސްޓަރު ވަރަށް ފަރިތަކަށް. އަދި ހައްލުތަށް ހޯއްވަދާނެކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށް

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އިނަ މޯލްޑިވްސް ފިރާގު ބައްދަލު ކުރައްވަނީ

އާ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިނިސްޓަރުގެ މަގާމާ ހަވާލުވެވަަޑައިގަތުމަށް ފަހު ފުރަތަމަ މިނިސްޓްރީގައި ބައްދަލުވެވަޑައިގެންނެވި ވަރަށް މަދު ބޭފުޅުންގެ ތެރޭން އެއް ބޭފުޅަކީ ރާއްޖޭގެ ޓޫރިޒަމްގެ މަޝްހޫރު މޫނެއް ކަމަށްވާ އިނަ މޯލްޑިވްސްގެ އެއް ޑިރެކްޓަރު ކަމަށްވާ މުހައްމަދު ފިރާގު އެވެ. 

ފިރާގު އާ ޓޫރިޒަމް މިނިސްޓަރާ ބައްދަލު ކުރެއްވުމަށް ފަހު ވިދާޅުވީ މިނިސްޓަރު ފައިސަލް އެ މަގާމަށް ވަޑައިގެން ހުންނެވީ ވަރަށް ބޮޑަށް ހޯމްވޯކް ހައްދަވައި ތައްޔާރުވެ ވަޑައިގެން ކަމަށް ފެންނަ ކަމަށާ މިނިސްޓަރު ހުންނެވީ ވަރަށް ތައްޔާރަށް ކަމަށެވެ. 

"ޓޫރިޒަމްގެ ގިނަ ޓޮޕިކްތަކުގައި ވަރަށް ރަނގަޅަށް މައްސަލަ ދެނެވަޑައިގެން ހުންނެވި ބޭފުޅެއް ފައިސަލަކީ، އެގޮތަށް ފެނުނީ އެހެންވެ އުންމީދު ކުރެއްވޭ އާ މިނިސްޓަރުގެ ޒައާމަތުގައި ސިނާއަތަށް ހެޔޮ ކުރިއެރުންތަކެއް ލިބޭނެ ކަމަށް،" ފިރާގު ވިދާޅުވި އެވެ. 

ފިރާގު ވިދާޅުވީ އޭނާ، މިނިސްޓަރާ ބައްދަލު ކުރެއްވީ މިނިސްޓަރުގެ ދައުވަތަކަށް ކަމަށާ އެ ބައްދަލުވުމުގައި ޓޫރިޒަމް ތަރައްގީ ކުރުމާމެދު ވަރަށް ފުޅާކޮށް މަޝްވަރާ ކުރެއްވުނު ކަމަށެވެ. 

"ކުރު މުއްދަތުގައި އަޅުއްވާނެ ފިޔަވަޅު ތަކެއް ވިދާޅުވެ ދެއްވި. ދިގު މުއްދަތުގައި ކުރައްވަން ޖެހޭ މަސައްކަތުގެ ތަފުސީލް ވެސް ދެއްކެވި،" އައްޑުއަށް ހަމައެކަނި ޝެޑިއުލް ފްލައިޓް އޮޕަރޭޓް ކުރާ، އޭސް އޭވިއޭޝަންގެ ވެރިޔާ ފިރާގު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ އެ މަޝްވަރާތަކުގައި މުޅި އިންޑަސްޓްރީއާއެކު ވަރަށް އަވަހަށް ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށާ، ހާއްސަކޮށް އެއާލައިން އޮޕަރޭޓަރުންނާއެކު ޓޫރިސްޓުން އިތުރު ކުރަން ކުރެވިދާނެ މަސައްކަތްތަކާމެދު ބައްދަލުވުމެއް ބާއްވަވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވި ކަމަށެވެ. 

"ރާއްޖޭގެ ހުރިހާ އެއާލައިންތަކުގެ އެޖެންޓުންނާއި ކުންފުނިތަކާއެކު ބައްދަލުމެއް ބާއްވައި ހުރި ދަތިތަށް ހޯއްދަވައި އެކަންކަން ހައްލު ކުރައްވަން ބޭނުންފުޅު ކަމަށް މިނިސްޓަރު ވިދާޅުވީ." ފިރާގު ވިދާޅުވި އެވެ. 

ކޮމެންޓް

1
450
ލިޔު
2 weeks ago

އުއްމީދުތައް ވަރަށްބޮޑު. ބޭނުންވަނީ އިހްލާސްތެރިކަމާއެކު ގައުމު ހިންގުން. ބަލަމާދޯ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.