ސަރުކާރުގެ ވަޒީފާތަކަށް މީހުން ނެގުން ހުއްޓުވި އެންގުން ނިމުމަކަށް ގެނެސްފި

ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދާތީ، ކޮންމެހެން ބޭނުންވާ މަގާމުތައް ފިޔަވައި އެހެން މަގާމުތަކަށް މުވައްޒަފުން ނަގާ ނަމަ ހުއްދަ ހޯދަން ޖެހޭ ގޮތަށް ނިންމާފައިވަނީ ނިމި ދިޔަ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހު އެވެ.

ސިވިލް ސާވިސް ކޮމިޝަންގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ ސީއެސްސީ

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ސިވިލް ސާވިސްގެ ވަޒީފާތަކާ ގުޅޭ މަސައްކަތްތައް މަޑުޖައްސާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދާތީ، ކޮންމެހެން ބޭނުންވާ މަގާމުތައް ފިޔަވައި އެހެން މަގާމުތަކަށް މުވައްޒަފުން ނަގާ ނަމަ ހުއްދަ ހޯދަން ޖެހޭ ގޮތަށް ނިންމާފައިވަނީ ނިމި ދިޔަ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހު އެވެ. 

އެ ނިންމުމަށް ބަދަލު ގެނައިކަން ހާމަ ކުރުމުގެ ގޮތުން އެ ކޮމިޝަނުން ވަނީ ސާކިއުލާއެއް ނެރެފަ އެވެ. 

ސީއެސްސީގެ ސާކިއުލާގައި ބުނަނީ ރިޔާސީ އިންތިޚާބާ ގުޅިގެން ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް ޖާގަދިނުމުގެ ގޮތުން ސިވިލް ސާވިސްގެ މަގާމުތަކަށް އިއުލާންކުރުމާއި ވަޒީފާތަކަށް މުވައްޒަފުން ހަމަޖެއްސުމާއި މަގާމުގެ ކުރިއެރުންދިނުމާ ގުޅޭ މަސައްކަތްތައް، މަޑުޖައްސައިލުމާ ގުޅޭގޮތުން އެ ކޮމިޝަނުން ނެރުނު ސާކިއުލާއަށް ޢަމަލުކުރުން މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. 

ސީއެސްސީން ވަނީ އެ ސާކިއުލާ އާންމުކުރުމާ ހަމަޔަށް މީހުން ހޯދުމަށް ކޮށްފައިވާ އިއުލާންތަކަށް މީހުން ހޯދުމުގެ މަސައްކަތް ދާއިރާގެ އިސްވެރީންގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދިއުމަށް އެދެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.