ދީބާޖާ މައްސަލަ: ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ދައުވާ ނަގައިފި

އެކަމަކު ދީބާޖާއިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ދައުވާ އަނބުރާ ގެންގޮސްފަ އެވެ. މައްސަލަ އަނބުރާ ގެންގޮސްފައި ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރެވިފައިވާ ކަމަށް ބުނެ އެވެ.

ސިވިލް ކޯޓް ހިންގާ ޖަސްޓިސް ބިލްޑިން

ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏާއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުން ބާތިލުކުރުމުން އެ ކުންފުންޏަށް ބަދަލު ދޭން ޖެހޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން ތަހުވީލު ކުރި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.

ދީބާޖާއާއެކު 2010 ވަނަ އަހަރު، ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަދި ޅ. އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދޭން ސަރުކާރުން ހަވާލުކުރި އެވެ. ނަމަވެސް އެ އެކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި 2013 ވަނަ އަހަރު ޓްރާންސްޕޯޓް މިނިސްޓްރީން އެ އެއްބަސްވުން ވަނީ ބާތިލުކޮށްފަ އެވެ.

އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާއިން ކުރިން ވެސް ވަނީ ޝަރީއަތުގެ ތިން މަރުހަލާ ކަޑައްތުކޮށްފަ އެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް ސުޕްރީމް ކޯޓަށް ދިއުމުން، އޮކްޓޯބަރު 22، 2022 ގައި ހުކުމްކޮށްފައި ވަނީ ސައުލަތުން އެއްބަސްވުން ބާތިލުކޮށްފައި ވަނީ ގޯސްކޮށް ކަމަށެވެ. އެހެނަސް، މީގެ ކުރިން ދީބާޖާއަށް ބަދަލު ނަގައިދިނީ ގޯސްކޮށް ކަމަށް ބުނެ ހައިކޯޓަށާއި ސިވިލް ކޯޓަށް މައްސަލަ ތަހުވީލު ކޮށްފައިވެ އެވެ.

ސުޕްރީމް ކޯޓުގެ މި ހުކުމަށްފަހު ބަދަލު ހޯދަން ދީބާޖާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ބާއްވައި މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ވެސް ވަނީ ދެ ފަރާތާ ހިއްސާ ކޮށްފަ އެވެ. އެކަމަކު ދީބާޖާއިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ދައުވާ އަނބުރާ ގެންގޮސްފަ އެވެ. މައްސަލަ އަނބުރާ ގެންގޮސްފައި ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރެވިފައިވާ ކަމަށް ބުނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން މި މައްސަލަ ބޭރުކޮށްލާފައި ވަނީ މައްސަލަ ބާތިލު ކުރަން ދީބާޖާއިން ފޮނުވާފައި ލިޔުމުގައި، މައްސަލަ އަލުން ހުށަހަޅާނެ ކަމަށް ބަޔާންކޮށްފައި ނުވާތީ އެވެ.

ސުޕްރީމް ކޯޓުން ކުރިން ވަނީ ދީބާޖާއަށް 348 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދިނުމަށް ހުކުމްކޮށްފަ އެވެ. އެކަމަކު އެ ހުކުމް ރިވިއުކުރުމަށްފަހު ފަހުން އެ ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.