ކޮރެއާގެ މަޝްހޫރު "އިނޮސް" ޓީވީ ރެޑްވޭވްއަށް

އިނޮސް ޓީވީ ލިބެން ހުންނާނީ ރެޑްވޭވްގެ ފިހާރަތަކުގެ ތެރެއިން ޕެވިލިޔަން، އިލެކްޓްރޯނިކްސް، ލިވިންގް އަދި މެގަމޯލްއިންނެވެ.

އިނޮސް ބްރޭންޑްގެ ޓީވީ މިހާރު ރެޑްވޭވް އިން ލިބޭނެ --

ކޮރެއާގެ މަޝްހޫރު ޓީވީ ބްރޭންޑެއް ކަމަށްވާ "އިނޮސް" ބްރޭންޑްގެ ޓީވީ ރެޑްވޭވް އިން ވިއްކަން ފަށައިފި އެވެ.

ރެޑްވޭވް އިން އަލަށް ވިއްކަން ފެށި އިނޮސް ޓީވީއަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޑިޒައިންތައް އެކުލެވިގެންވާ ޓީވީ އެކެވެ. ސްމާޓް ޓީވީގެ އަގުތަށް އާންމުގޮތެއްގައި ބޮޑު ކަމުގައިވިޔަސް، ރެޑްވޭވްއިން އިނޮސް ޓީވީ ތައާރަފު ކޮށްދީފައި ވަނީ ހެޔޮ އަގުތަކެއްގަ އެވެ. ރެޑްވޭވްއަކީ އިނޮސް ޓީވީގެ އޮތޮރައިޒްޑް ޑިސްޓިބިއުޓަރެވެ. 

ރެޑްވޭވް އިން ވިއްކާ އިނޮސް ޓީވީގެ ތެރެއިން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައި ވަނީ ގޫގަލް ޓީވީގެ 50 އިންޗި ޒީރޯ އެޑިޝަން އަދި 55 އިންޗި ކޭޔޫ ސީރީސް އެވެ. މި ދެމޮޑެލްގައި ޒަމާނީ ގިނަ ފީޗާސްތައް އެކުލެވިގެންވެ އެވެ.

އިނޮޓް ޓީވީގެ ފީޗާސްތައް - ގޫގުލްގެ އެންމެ ފަހުގެ ގޫގުލް ޓީވީގެ އޯއެސް ހަލުވިވެފައި، މަގުބޫލު ހުރިހާ އެޕްލިކޭޝަންތައް ޑައުންލޯޑު ކުރެވޭނެ އެވެ. އަދި ވޮއިސް ކޮމާންޑުން ޓީވީގެ އެޕްލިކޭޝަންތައް ކޮންޓްރޯލް ކުރެވޭނެ އެވެ. އެޔާއެކު، ޑޮލްބީ ވިޝަން އަދި ޑޮލްބީ އެޓްމޮސް އިން މަންޒަރާއި އަޑު އިތުރަށް ފުރިހަމަވެގެންދާނެ އެވެ. އަދި މިޓީވީ ތަކުގައި ހިމެނިފައިވާ 4ކޭ އަލްޓްރާ އެޗްޑީ ސްކްރީންގެ ސަބަބުން ޕިކްޗާ ކޮލިޓީ ރަނގަޅުވެ، ކޮންޓްރާސްޓް އިތުރުކޮށް ވައިބަންޓް ކުލަތަކަށް ހެޗްޑީއާރު 10 ސަޕޯޓުކޮށްދެ އެވެ.

އަދި، ޓީވީގައިވާ 5ގިގަހާޓްޒް އިންޓަނެޓުގެ ސަބަބުން އަވަސް އަދި މެދުކެނޑުމެއްނެތި އިންޓަނެޓް ލިބޭނެ އެވެ. މީގެތެރޭގައި ނެޓްޕްލިކްސް، ޔޫޓިޔުބް، އެޕަލް ޓީވީ، ހުލޫ އަދި ޕްރައިމް ވީޑިޔޯ ހިމެނެ އެވެ. ބްލޫޓޫތް އަދި ވައިފައި ވެސް ގުޅޭލެވޭނެ އެވެ.

ރެޑްވޭވް އިން އިނޮސް ޓީވީއާއި އެކު އެއް އަހަރު ދުވަހުގެ ވޮރަންޓީ ލިބޭނެ އެވެ. އަދި، އެކި ސްކީމްތަކުގެ ދަށުން މި ބްރޭންޑްގެ ޓީވީ ގަނެވޭނެ އެވެ.

އޭގެ ތެރޭގައި އެމްއައިބީ، އެމްއެފްއެލްސީ ހިމެނޭ ކަމަށް ރެޑްވޭވް އިން މައުލޫމާތުދެ އެވެ. މާލެ، ހުޅުމާލެ އަދި ބޯޓުތަކަށް ހިލޭ ޑެލިވަރީކޮށްދިނުމުގެ އިތުރުން މާލެ އަދި ހުޅުމާލެ ސަރަހައްދުތަކަށް ޓީވީ އިންސްޓޯލްކޮށްދީ ޓެސްޓު ކޮށްދިނުމުގެ ހިދުމަތް ވެސް ރެޑްވޭވް އިން ފޯރުކޮށްދެ އެވެ.

އިނޮސް ޓީވީ ލިބެން ހުންނާނީ ރެޑްވޭވްގެ ފިހާރަތަކުގެ ތެރެއިން ޕެވިލިޔަން، އިލެކްޓްރޯނިކްސް، ލިވިންގް އަދި މެގަމޯލްއިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.