އީއައިއޭ ނުހަދާ 21 އިންޖީނުގެ އަޅައިގެން ފެނަަކު 4.2 މިލިއަނުން ޖޫރިމަނާކޮށްފި

އެ ކުންފުނިން ކުރިޔަށްގެންދާ މަޝްރޫއުތައް ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދާ އެއްގޮތަށް މަރުހުލާތަށް ފުރިހަކުރުމަށްފަހު ކުރިޔަށް ގެންދަން އަންގާފައިވެ އެވެ.

ފެނަކަ ކުންފުނީގެ ދެ މުވައްޒަފުން މަސައްކަތުގައި

އީއައިއޭ ފުރިހަމަ ނުކޮށް ރާއްޖޭގެ 21 ރަށެއްގެ އިންޖީނުގެ އެޅި މައްސަލައާ ގުޅިގެން ފެނަކަ ކޯޕަރޭޝަން 4.2 މިލިއަން ރުފިޔާއިން ޖުރިމަނާ ކޮށްފި އެވެ.

އީޕީއޭއިން މިއަދު ބުނީ އީއައިއޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަޝްރޫއު މަސައްކަތް ފެނަކައިން ފެށުމުން އެ މައްސަލަ އެ އެޖެންސީން ބަލައި އެއްކުރި މައުލޫމާތުންނާއި، ދެފަރާތުގެ ދެމެދު ބަދަލު ކުރެވިފައިވާ ލިޔެކިޔުންތަކަށް ރިއާޔަތް ކުރުމުން އީއައިއޭ މަރުހާލާ ފުރިހަމަ ކުރުމަކާ ނުލައި 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަޝްރޫއު އެ ކުންފުނިން ފަށާފައިވާކަން ޔަގީން ކުރެވިފައިވާ ކަމަށެވެ. އަދި ކުރިންވެސް ފެނަކައިން ތިމަވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދާ ހަ ފަހަރަށް ހިލާފުވެގެން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

އީޕީއޭއިން ބުނީ ފެނަކައިން އީއައޭ ފުރިހަމަ ނުކޮށް 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމާއި ގުޅިގެން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ އަކުރު (ހ) ރިއާޔަތްކޮށް އެ 4,200,000.00 ރ ފެނަކަ ޖޫރިމަނާ ،ކޮށްފައިވާ ކަމަށެވެ. އަދި އެ ޖޫރިމަނާ އަށްވާ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދައްކަން ވެސް އަންގާފައިވާ ކަމަށެވެ.

ގަވައިދާ ހިލާފަށް އިންޖީނުގެ އެޅި 21 ރަށް

  • 1.ހދ. ފިނޭގެ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 7 ވަނަ ފަހަރު)
  • 2.ހއ. އުލިގަމް އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 8 ވަނަ ފަހަރު)
  • 3.ހއ. އުތީމު އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 9 ވަނަ ފަހަރު)
  • 4.ގދ. މާވަރުލުގައި ފެނާއި ނަރުދަމާ އަދި އިންޖީނުގެ އެޅުމުގެ މަޝްރޫއު (ގަވާއިދާ ޚިލާފުވި 10 ވަނަ ފަހަރު)
  • 5.ށ. ފޭދޫ އިންޖީނުގެ ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 11 ވަނަ ފަހަރު)
  • 6.ށ. މާއުނގޫދޫގ އިންޖީނުގެ ތަރައްޤީކުރުން (ގަވާއިދާ ޚިލާފުވި 12 ވަނަ ފަހަރު)
  • 7.ހއ. ދިއްދޫ އިންޖީނުގެ ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 13 ވަނަ ފަހަރު)
  • 8.ރ. ރަސްގަތީމު އިންޖީނުގެ ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 14 ވަނަ ފަހަރު)
  • 9.ރ. ކިނޮޅަހު އިންޖީނުގެ ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 15 ވަނަ ފަހަރު)
  • 10.ނ. ކެނދިކުޅުދޫ އިންޖީނުގެ ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 16 ވަނަ ފަހަރު)
  • 11.ހއ. މުރައިދޫ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 17 ވަނަ ފަހަރު)
  • 12.ށ. ކޮމަންޑޫ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 18 ވަނަ ފަހަރު)
  • 13.ނ. ފޮއްދޫ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 19 ވަނަ ފަހަރު)
  • 14.ޅ. ކުރެންދޫ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 20 ވަނަ ފަހަރު)
  • 15.ހދ. ކުޅުދުއްފުށީ އިންޖީނުގެ އިތުރަށް ތަރައްޤީކުރުން (ގަވާއިދާ ޚިލާފުވި 21 ވަނަ ފަހަރު)
  • 16.ހދ. ކުމުންދޫ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 22 ވަނަ ފަހަރު)
  • 17.ދ. މީދޫ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 23 ވަނަ ފަހަރު)
  • 18.ލ. މާބައިދޫ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 24 ވަނަ ފަހަރު)
  • 19.ހއ. މޮޅަދޫ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 25 ވަނަ ފަހަރު)
  • 20.ގދ. ރަތަފަންދޫ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 26 ވަނަ ފަހަރު)
  • 21.ގއ. ވިލިނގިލީ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 27 ވަނަ ފަހަރު)

މީގެ އިތުރުން އެ ކުންފުނިން ކުރިޔަށްގެންދާ މަޝްރޫއުތައް ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދާ އެއްގޮތަށް މަރުޙަލާތަށް ފުރިހަމަ ކުރުމަށްފަހު ކުރިޔަށް ގެންދަން ވެސް ވަނީ އަންގާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.