އާ ހަތަރު މިނިސްޓްރީއަށް ވަގުތީ ޕީއެސް އިން ނަގައިފި

ސީއެސްސީ އިން މިހާރު ވަނީ ވަގުތީ ޕާމަނަންޓް ސެކްރެޓަރީންގެ މަގާމަށް ދާއިމީ މުވައްޒަފުން ނަގަން ވެސް އިއުލާނުކޮށްފަ އެވެ.

އާ މިނިސްޓްރީތަކަށް ވަގުތީ ގޮތުން އައްޔަނު ކުރި ޕާމަނަންޓް ސެކްރެޓަރީން --

ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަލަށް އުފެއްދި ހަތަރު މިނިސްޓްރީއަށް ވަގުތީ ޕާމަނަންޓް ސެކްރެޓަރީން އައްޔަނުކޮށްފި އެވެ.

ވަގުތީ ޕާމަނަންޓް ސެކްރެޓަރީން އައްޔަނުކޮށްފައި ވަނީ މިނިސްޓްރީ އޮފް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއާ އާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ އިތުރުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އެވެ.

މި މިނިސްޓްރީތަކަށް ވަގުތީ ޕާމަނަންޓް ސެކްރެޓަރީން އައްޔަނުކުރުމަށްފަހު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ އެކަން އިއުލާނުކޮށްފަ އެވެ.

  •  މިނިސްޓްރީ އޮފް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއާ - އިސްމާއީލް ރަޝީދު
  •  މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް - އިލްޔާސް އަހުމަދު
  •  މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - ފާތިމަތު އަހުމަދު
  •  މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ - އަހުމަދު ތޮލްހަތު

އާ ސަރުކާރުގެ ރަސްމީ ފުރަތަމަ މަސައްކަތު ދުވަސް މިއަދު ފެށޭއިރު، ސީއެސްސީ އިން އިއްޔެވ ވަނީ ސަރުކާރުގެ އިދާރާތަކުގެ އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، އިދާރާތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި، ޕާމަނަންޓް ސެކްރެޓަރީންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލުކުރެވޭ މުވައްޒަފުންނާ ބައްދަލުކޮށްފަ އެވެ.

ސީއެސްސީ އިން މިހާރު ވަނީ ވަގުތީ ޕާމަނަންޓް ސެކްރެޓަރީންގެ މަގާމަށް ދާއިމީ މުވައްޒަފުން ނަގަން ވެސް އިއުލާނުކޮށްފަ އެވެ. މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ވަޒީފާއަށް އެދި ހުށަހަޅަން އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.

އާ ސަރުކާރުގައި ޖުމްލަ 22 މިނިސްޓްރީއެއް އެކުލެވިގެންވެ އެވެ. އަލަށް އުފެއްދި މިނިސްޓަރީތަކުގެ އިތުރުން އާ ސަރުކާރު އައިއިރު ހުރި ގިނަ މިނިސްޓްރީތަކުގެ ނަންތަކާއި މެންޓޭޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.