ގަޑިބުރު ތަރައްގީ ކުރައްވަން ބޭނުންފުޅުވީ މިހާރު ފެންނަން ހުރި ހެން ކުރީގެ ހަނދާންތައް އައުކޮށްދީ އަދި ޒަމާނީ ކުލަތައް ހިމަނައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
މާފަންނު ގަޑިބުރު ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ގަޑިބުރު އަލުން ތަރައްގީ ކުރައްވަން ފެއްޓެވީ ރައީސް މުއިއްޒު، މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނަވައިގެންނެވެ.
އެ މަސައްކަތާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ބޭނުންފުޅަކީ ދިވެހީންގެ އާދަކާދައާ ތާރީހާއި ސަގާފަތް އަލުން ދިރުވުން ކަމަށެވެ. އެކަމަށް ކުރީގެ ބިނާތައް އަލުން ގެނައުން މުހިންމު ކަމުގައި ވިދާޅުވި އެވެ.
ގަޑިބުރު ތަރައްގީ ކުރައްވަން ބޭނުންފުޅުވީ މިހާރު ފެންނަން ހުރި ހެން ކުރީގެ ހަނދާންތައް އައުކޮށްދީ އަދި ޒަމާނީ ކުލަތައް ހިމަނައިގެން ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ފަސް ވަގުތު ބަންގީގެ އަޑު ފޮނުވުމާއި ދީނީ ޝިއާރުތައް ފެންނާނެ ގޮތް ހެދުމާއި ވިޔަފާރިތައް އިޝްތިހާރު ކުރުމަކީ ވެސް އަމާޒެެއް ކަމަށެވެ.
މާލެ، މާފަންނު ގަޑިބުރަކީ މާލެ ސިޓީގެ އެންމެ ހާއްސަ ތަންތަނުގެ ތެރެއިން އެއް ތަނެވެ. މާފަންނު ގަޑިބުރު ތަރައްގީކޮށް އެ ތަނުގައި ބޮޑު ގަޑިއެއް ފުރަތަމަ ބެހެއްޓުނީ 1990 ވަނަ އަހަރު އެވެ. ރައީސް މައުމޫންގެ ވެރިކަމުގަ އެވެ.
ބޮޑު ގަޑި ހަދިޔާ ކުރީ ދިވެހީންގެ އެކުވެރި ސްރީލަންކާ ސަރުކާރުންނެވެ. ގަޑިބުރު އިފްތިތާހު ކޮށްދެއްވީ ސްރީލަންކާގެ އޭރުގެ ބޮޑުވަޒީރު ޑީބީ ވިޖޭތުންގާ އެވެ. އެއީ ނޮވެންބަރު 22، 1990 ގައެވެ.
ގަޑިބުރު އަލުން ހުޅުވެނީ ކުރީގެ ފޮނި ހަނދާންތައް އާ ކޮށް ދެމުންނެވެ. އިސްލާމީ ވަންތަ، ޒަމާނީ ބިނާ އެއްގެ ގޮތުގައެވެ. ބިނާގެ މަތީ ބައިން ރަމްޒު ކޮށް ދެނީ މުންނާރުގެ ގުއްބެކެވެ. ދެން ވަށަައިގެން ސާފު ރީތި ގަޑި އެކެވެ. ޒަމާނީ ލެޑް ސްްކްރީނެއް ގަޑީގެ ވަށައިގެން ވެ އެވެ.
މި ފުރިހަމަ މަސަައްކަތް ކޮށްދިނީ ރާއްޖޭގެ އެންމެ ވަރުގަދަ ކޮންސްޓްރަކްޝަން ކުންފުނި -- އާރުސީސީން ނެވެ. މިއީ ޕައިނިއާ މޯލްޑިވްސްގެ ސީއެސްއާރު ޕްރޮޖެކްޓެކެވެ.
ވަރަށް ފުރިހަމަ މަސައްކަތެއް. އާރ ސީސީ އަށް ތޭންކްސް
މިސްކިތުން ވެސް 5 ވަގުތު ބަނގި ގޮވާ... ގަޑިބުރުން ގޮވިޔަސް މިސްކިތުން ގޮވިޔަސް މީހުން ނަމާދަށްދިޔައިއްޔާތާ.