އިންޑިއާ ސިފައިން ނުފައިބައިފިނަމަ ބެލެވޭނީ "ހިސާރުކުރާ ބާރެއް" ގެ ގޮތުގައި: އުމަރު

އުމަރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފުރައިގެން ދާން ރާއްޖޭގެ އައު ސަރުކާރުން އަންގައިފިނަމަ އެކަން ކުރަން ޖެހޭނީ ސުލްހަވެރި ކަމާ އެކު އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު -- މި

ރާއްޖޭ ގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެދުމުން އެކަން ކުރަން ޖެހޭނީ ސުލްހަވެރި ކަމާ އެކު ކަމަށާ އިންޑިއާ ސިފައިން ފައިބަން ދެކޮޅު ހަދައިފިނަމަ އެ މީހުން ހިމެނޭނީ "ހިސާރު ކުރާ ބާރެއް" ގެ ގޮތުގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭ ގައި އިންޑިއާ ސިފައިން އެބަ ތިބި ކަމަށް އެންމެ ހަރުއަޑުން ވިދާޅުވާ އެއް ބޭފުޅަކީ އުމަރެވެ. އިންޑިއާ ސިފައިން ފައިބަން ޖެހޭ ކަމަށް ވިދާޅުވެ އެ ވާހަކަ އެންމެ ބޮޑަށް ދައްކަވާ އެއް ބޭފުޅަކީ ވެސް އުމަރެވެ.

އެކްސް ގައި މިއަދު ކުރެއްވި ޕޯސްޓެއް ގައި އުމަރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފުރައިގެން ދާން ރާއްޖޭގެ އައު ސަރުކާރުން އަންގައިފިނަމަ އެކަން ކުރަން ޖެހޭނީ ސުލްހަވެރި ކަމާ އެކު އެވެ. އަދި ވިދާޅުވީ އެކަމާ އެ މީހުން ދެކޮޅު ހަދާނަމަ އެ މީހުން ބެލެވޭނީ "ހިސާރު ކުރާ ބާރެއް" ގެ ގޮތުގައި ކަމަށެވެ.

އުމަރު ކުރެއްވި އެހެން ޕޯސްޓެއް ގައި ވަނީ ރައީސް މުއިއްޒުގެ ސަރުކާރުން، އިންޑިއާ ސިފައިން ބާލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރު ގައި މިހާރު ވަނީ އެދިވަޑައިގެންފަ އެވެ. މިކަމަށް އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުޢިއްޒު އިންޑިއާގެ މިސްޓަރު އޮފް އަރތް ސައިންސެސް ކިރެން ރިޖިޖޫ އާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ނަމަވެސް އެ ބައްދަލްވުމުގައި އިތުރަށް ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް ސަރުކާރުން ނުދެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެންމެ އިސްކަން ދެއްވާނީ އެކަމަކަށް ކަމަށް ވިދާޅުވި އެވެ. ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ތިބުމަކީ ގައުމުގެ މިނިވަން ކަމާއި އިސްތިގުލާލަށް އޮތް ހުރަހެއް ކަމަށް ވެސް މުއިއްޒު ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ފުރަތަމަ ދުވަހު މަސައްކަތް ފެށުމަށް ކަނޑައަޅާފައިވާ ކަމަކީ ވެސް އިންޑިއާ ސިފައިން ބޭލުމުގެ މަޝްވަރާ ފެށުމާ އެ މަސައްކަތް ކުރަން ފެށުމެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނާ ގޮތުން ރާއްޖޭގައި ތިބީ އިންޑިއާ ސިފައިންގެ 70 ވަރަކަށް މީހުންނެވެ.

އެ މީހުންނަކީ އިންޑިއާގެ އެހީގައި ރާއްޖޭގައި ގާއިމުކޮށްފައިވާ ރާޑަރު ސްޓޭޝަންތަކާއި ސަވައިލެންސް ހަރަކާތްތަކަށް ބޭނުން ކުރާ ހެލްކޮޕްޓަރާއި ޑޯނިއާ ދުއްވާ އެ ތަކެތި ބަލަހައްޓަން ތިބި މީހުންނެވެ. އަދި އިންޑިއާގެ ހަނގުރާމަ މަތީ މަނަވަރުތަކުން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ބެލެހެއްޓުމުގައި އެހީތެރިވެދޭ ކަން ވެސް ނޫސްތަކުގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އަޑުއުފުއްލަވާ ލީޑަރުން ވިދާޅުވާ ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަަދަދު 300 ވުރެ އިތުރުވާނެ އެވެ. އަދި އިންޑިއާގެ އެހީގައި ސަރުކާރުން ހިންގާ އެކި މަޝްރޫއުތަކު ގައި އިސްކޮށް މަސައްކަތް ކުރުމަށް އަންނަނީ ވެސް އިންޑިއާގެ އަސްކަރިއްޔާގައި ކުރީން މަސައްކަތް ކޮށްފައިވާ މީހުންނެވެ.

ކޮމެންޓް

1
450
އުމޭ
5 months ago

އުމަރު ކީއްވެތަ ހޯމް މިނިސްޓަރ ކަން ދިނީމަ ވެސް ގަބޫލުނުކުރީ. ޒިންމާ ނަގަން ޖެހޭ ހާލަތުގަ ނުވެދާނެ ކަމަށްހީކޮށް ދެއްތޯ>

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.