ގަޑި ބުރު ނިމިއްޖެ، މިރޭ ހުޅުވަނީ

ރައީސް މުއިއްޒުގެ މޭޔަރު ކަަމުގައި މި މަސައްކަތް ފެށި ހުޅުވެނީ އެމަނިކުފާނުގެ ރައީސް ކަމުގެ ޒައާމަތް ފެށުމާއެކު އެވެ.

މާފަންނު ގަޑިބުރު އަލުން ބިނާކޮށް މިރޭ ހުޅުވާނެ

މާފަންނު ގަޑިބުރު އަލުން ބިނާކޮށް މިރޭ ހުޅުވަން ނިންމައިފި އެވެ.

މާލެ، މާފަންނު ގަޑިބުރަކީ މާލެ ސިޓީގެ އެންމެ ހާއްސަ ތަންތަނުގެ ތެރެއިން އެއް ތަނެވެ. މާފަންނު ގަޑިބުރު ތަރައްގީކޮށް އެ ތަނުގައި ބޮޑު ގަޑިއެއް ފުރަތަމަ ބެހެއްޓުނީ 1990 ވަނަ އަހަރު އެވެ. ރައީސް މައުމޫންގެ ވެރިކަމުގަ އެވެ.

ބޮޑު ގަޑި ހަދިޔާ ކުރީ ދިވެހީންގެ އެކުވެރި ސްރީލަންކާ ސަރުކާރުންނެވެ. ގަޑިބުރު އިފްތިތާހު ކޮށްދެއްވީ ސްރީލަންކާގެ އޭރުގެ ބޮޑުވަޒީރު ޑީބީ ވިޖޭތުންގާ އެވެ. އެއީ ނޮވެންބަރު 22، 1990 ގައެވެ. 

އަހަރުތަކެއް ފަހުން އަލުން ގަޑިބުރި ތަރައްގީކޮށް މިރޭ ހުޅުވާނެ އެވެ.

ރައީސް މުއިއްޒުގެ މޭޔަރު ކަަމުގައި މި މަސައްކަތް ފެށި ހުޅުވެނީ އެމަނިކުފާނުގެ ރައީސް ކަމުގެ ޒައާމަތް ފެށުމާއެކު އެވެ. 

ގަޑިބުރު ހުޅުވައި ދެއްވާނީ ވެސް އެމަނިކުފާނެވެ.

ގަޑިބުރު އަލުން ހުޅުވެނީ ކުރީގެ ފޮނި ހަނދާންތައް އާ ކޮށް ދެމުންނެވެ. އިސްލާމީ ވަންތަ، ޒަމާނީ ބިނާ އެއްގެ ގޮތުގައެވެ. ބިނާގެ މަތީ ބައިން ރަމްޒު ކޮށް ދެނީ މުންނާރުގެ ގުއްބެކެވެ. ދެން ވަށަައިގެން ސާފު ރީތި ގަޑި އެކެވެ. ޒަމާނީ ލެޑް ސްްކްރީނެއް ގަޑީގެ ވަށައިގެން ވެ އެވެ.

މި ފުރިހަމަ މަސަައްކަތް ކޮށްދިނީ ރާއްޖޭގެ އެންމެ ވަރުގަދަ ކޮންސްޓްރަކްޝަން ކުންފުނި -- އާރުސީސީގެ ސީއާރު ޕްރޮޖެކްޓެއްގެ ގޮތުގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.