ދޫނި މޫސުން ފެށިއްޖެ، ގުޑުގުޑާ ދޫނީގެ ފުރަތަމަ ގުރޫޕް ކުޅުދުއްފުއްޓަށް

ކުޅުދުއްފުށި މަށި ކުޅީގައި ގުޑުގުޑާ ދޫނިތައް އެ ދޫނިތަކުގެ ދުނިޔޭ ގައި އުފުލަމުން އެބަ އުޅެ އެވެ. ކުޅުދުއްފުށީގެ އިތުރުން ބޮޑެތި ކުޅި އުފެދިފައިވާ އުތުރުގެ އެހެން ބައެއް ރަށްތަކަށް ވެސް މި ދޫނި ދެ އެވެ.

ކުޅުދުއްފުށި މަށި ކުޅީގައި ގުޑުގުޑޫ ދޫނިތައް: މިއީ މޫސުމީ ދޫނި ރާއްޖެ އަންނަ ދުވަސްވަރު -- ފޮޓޯ: މިހާޒު

ކޮންމެ އަހަރަކު ވެސް މި ދުވަސްވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިޖުރާ ދޫނި ފެންނަ ދުވަސްވަރެކެވެ. ރާއްޖޭ ގައި އާންމުކޮށް ނޫޅޭ އެކި ބާވަތްތަކުގެ ދޫނި އިރުވައި މޫސުމުގެ މި ދުވަސްތަކާއި ދިމާކޮށް ރާއްޖެ އަށް ހިޖުރަ ކުރެ އެވެ.

އެންމެ ފާހަގަކޮށްލެވެނީ ކޮންމެ އަހަރަކު މި ދުވަސްވަރު ފްލެމިންގޯ -- ގުޑުގުޑާ ދޫނީގެ ހިޖުރަ ކުރުމެވެ. ގުޑުގުޑާ ދޫންޏަކީ ރާއްޖޭގައި އުޅޭ ބާވަތުގެ ދޫންޏެއް ނޫނެވެ. މިއީ ވަކި މޫސުމަށް ހަމައެކަނި ރާއްޖެ އަށް ހިޖުރަ ކުރާ ބާވަތެކެވެ.

މިހާރު މި އޮތީ ދޫނީގެ މޫސުން ފެށިފައެވެ. ގުޑުގުޑާ ދޫނީގެ ފުރަތަމަ ގުރޫޕް މިހާރު ވަނީ އުތުރުގެ މައި ސިޓީ -- ކުޅުދުއްފުއްޓަށް އައިސްފައެވެ.

ކުޅުދުއްފުށި މަށި ކުޅީގައި ގުޑުގުޑޫ ދޫނިތައް: މިއީ މޫސުމީ ދޫނި ރާއްޖެ އަންނަ ދުވަސްވަރު -- ފޮޓޯ: މިހާޒު

ކުޅުދުއްފުށި މަށި ކުޅީގައި ގުޑުގުޑާ ދޫނިތައް އެ ދޫނިތަކުގެ ދުނިޔޭ ގައި އުފުލަމުން އެބަ އުޅެ އެވެ. ކުޅުދުއްފުށީގެ އިތުރުން ބޮޑެތި ކުޅި އުފެދިފައިވާ އުތުރުގެ އެހެން ބައެއް ރަށްތަކަށް ވެސް މި ދޫނި ދެ އެވެ.

މިދިޔަ އަހަރުތަކުގައި ގިނަ ރަށްތަކަކުން މި ބާވަތުގެ ދޫނި ފެނިފައިވެއެވެ. ދޫނިތަކަށް ގޯނާ ކުރުމާއި ހިފުމާއި އެ ތަކެތި ކަތިލުން ފަދަ ކަންކަމަކީ މަދުން ނަމަވެސް ހިނގާ ކަންކަމެވެ. އެކަން ހުއްޓުވަން ކަމާބެހޭ އިދާރާތަކުން ބައެއް ފިޔަވަޅު ތައް އަޅަ އެވެ. ގާނޫނީ އިންޒާރު ދެއެވެ.

ކުޅުދުއްފުށި މަށި ކުޅީގައި ގުޑުގުޑޫ ދޫނިތައް: މިއީ މޫސުމީ ދޫނި ރާއްޖެ އަންނަ ދުވަސްވަރު -- ފޮޓޯ: މިހާޒު

އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މީގެ ހަފްތާއެއްހާ ދުވަސް ކުރީން ބަޔާނެއް ނެރެ އިރުވައި މޫސުމާ ދިމާކޮށް ރާއްޖެއަށް ހިޖުރަ ކުރާ ދޫނި ހިފާ ހައްޔަރުކޮށް، ގޯނާކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވެއެވެ.

އެ އެޖެންސީން ބުނި ގޮތުގައި އެހެން އަހަރުތަކެކޭ ވެސް އެއް ގޮތަށް މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރާ ދުވަސްވަރެކެވެ. އެގޮތަށް ހިޖުރަކުރާ ދޫންޏަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ "ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު" ގެ ދަށުން ހިމާޔަތްކޮށްފައިވާ ދޫނިތަކެކެވެ.

އަދި ރާއްޖޭގައި ފެންނަ ގިނަ ބާވަތްތަކުގެ ދޫންޏަކީ މިގޮތަށް މޫސުމާއި ގުޅިގެން ރާއްޖެއަށް ހިޖުރަކުރާ ބާވަތްތަކުގެ ދޫނި ކަމުގައި ވީއިރު މިތަކެތި ރައްކާތެރި ކުރުމަކީ ރާއްޖޭގެ ދިރުންތަކުގެ ސިންދަފާރު ނުވަތަ ގުދުރަތީ ވެށީގެ މުއްސަނދިކަން ރައްކާތެރިކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެކެވެ.

ކުޅުދުއްފުށި މަށި ކުޅީގައި ގުޑުގުޑޫ ދޫނިތައް: މިއީ މޫސުމީ ދޫނި ރާއްޖެ އަންނަ ދުވަސްވަރު -- ފޮޓޯ: މިހާޒު

ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފައި، ގެންގުޅޭ މީހުންގެ މައުލޫމަތު އެނގޭނަމަ، އީޕީއޭގެ ހޮޓްލައިން 7980379 އަށް ގުޅައި އެންގުމަށް އީޕީއޭއިން ވަނި އެދިފައެވެ.

މޫސުމީ ދޫނިތައް ހަަމަ ލޮލުން ދެކިލަން އެތައް ބަޔަކު ކުޅުދުއްފުށި ކުޅިއަށް ޒިޔާރަތް ކުރެ އެވެ. ދޫނިތައް ފެންނަ އެހެން ރަށްރަށު ގައިވެސް އެ ފޯރި / ޝައުގު ބޮޑެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.