ލަންކާއަށް ވަޑައިގަތުމުގެ ދައުވަތު ރައީސަށް އަރުވައިފި

ސްރީލަންކާގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ފަސޭހަފުޅު ވަގުތެއްގައި އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު އަރުވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދައުވަތު ގަބޫލުފުޅު ކުރައްވާފަ އެވެ.

ރައީސް މުއިއްޒު، ރައީސް ރަނިލްއާ ބައްދަލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އަށް ފަސޭހަފުޅު ވަގުތެއް ގައި ސްރީލަންކާ އަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު އެ ގައުމުގެ ރައީސް ރައީސް ރަނިލް ވިކްރަމަސިންހަ ދެއްވައިފި އެވެ.

ރަނިލް މި ދައުވަތު ދެއްވީ ރޭ ކުރުނބާ މޯލްޑިވްސް ގައި ރައީސް މުއިއްޒުއާއެކު ބޭއްވެވި ބައްދަލްވުމުގައެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގާނޫނީ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ސްރީލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުމުން އެކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވާފައެވެ. އަދި ސްރީލަންކާގެ ރައީސް ރާއްޖެ އަށް ވަޑައިގެންނެވުމަކީ ދެ ގައުމުގެ ގާތްގުޅުން ދައްކުވައިދޭ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވި އެވެ.

ސްރީލަންކާގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމު ގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދު އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި މިގުޅުން ކުރިމަގު ގައި އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން ދެ ބޭފުޅުން ވަނީ ތައުލީމީ ދާއިރާއާ ގުޅޭގޮތުންނާއި އަށާރަ އަހަރުން ދަށުގެ ކިޔަވާކުދިންނަށް ވިސާ ލިބުމުގައި ލުއި ފަސޭހަގޮތްތައް ހަމަޖެއްސުމާ ގުޅޭގޮތުންނާއި އިގްތިސަދު އާރާސްތު ކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭ ހެން ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ސްރީލަންކާގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ފަސޭހަފުޅު ވަގުތެއްގައި އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު އަރުވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދައުވަތު ގަބޫލުފުޅު ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.