ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެންނެވީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ދަރުބާރު ގައެވެ. އެ ދަރުބާރުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ވިދާޅުވެ އެމަނިކުފާނުގެ ޒަމާއަތަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބަށް އެދިވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެންނެވީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ދަރުބާރު ގައެވެ. އެ ދަރުބާރުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރައްވަވާ ރައީސް މުއިއްޒު، މަގާމާއި ހަވާލުވެވަޑައިގަތުމާ އެކު "އެކްސް" ގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ ރައީސް ސޯލިހް ވަނީ ދިވެހި ޖުމްހޫރިއްޔާގެ އަށް ވަނަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އިހްލާސްތެރި މަރުހަބާ ދަންނަވާ ކަމަށެވެ.
އަދި ވިދާޅުވީ ވެރިކަމުގެ މި ފެށޭ ދައުރުގައި މަނިކުފާނަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަަމަށެވެ.
ރައީސް މުއިއްޒު ހުވާ ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންފައެވެ. ރައީސް މައުމޫން މިވަގުތު ހުންނެވީ ސިންގަޕޫރު ގައެވެ. ރައީސް ޔާމީން ބައިވެރިވެވަޑައިނުގެންނެވީ ޖިނާއީ ހުކުމެއް ގައި ހުންނެވުމުންނެވެ.