މިއަދު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް އެންމެ ފުރަތަމަ އައްޔަނު ކުރެއްވީ އެމަނިކުފާނުގެ ސްޕެޝަން އެޑްވައިޒަރެވެ. އެ މަގާމަށް އައްޔަނު ކުރައްވާފައި ވަނީ އަބްދުއްރަހީމް އަބްދުﷲ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް މަގާމުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގައި، ރައީސް އޮފީހުގެ އިސް މަގާމުގަތަށް ބޭފުޅުން އައްޔަނު ކުރެއްވީ މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ބޭފުޅުންނަކީ؛
ރައީސް އޮފީހުން ބުނީ އެ އޮފީހުގެ ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމާއި، އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓްގެ ގޮތުގައި ހަމަޖެއްސެވި ބޭފުޅުންނަކީ އެއްވެސް މުސާރައެއް އަދި އިނާޔަތެއް ވެސް ނުނަންގަވާ ގޮތަށް ހަމަޖައްސަވާފައިވާ ދެ ބޭފުޅުން ކަމަށެވެ.
މީގެ އިތުރު ފޮރިން މިނިސްޓްރީގެ ދެ މަގާމަކަށް ވެސް މި ރަސްމިއްޔާތުގައި ރައީސް ވަނީ ދެ ބޭފުޅަކު އައްޔަނު ކުރައްވާފަ އެވެ. އެއީ؛
މިއަދު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުއިއްޒު އެންމެ ފުރަތަމަ އައްޔަން ކުރެއްވީ އެމަނިކުފާނުގެ ސްޕެޝަން އެޑްވައިޒަރެވެ. އެ މަގާމަށް އައްޔަނު ކުރައްވާފައި ވަނީ އަބްދުއްރަހީމް އަބްދުﷲ އެވެ. އޭގެ ފަހުން ބޭއްވި ރަސްމިއްޔާތެއްގައި ކެބިނެޓް ވަޒީރުން އައްޔަނު ކުރައްވާފައިވެ އެވެ.