ގެއަށް ދަމުން އަމީރުގެ އިއުތިރާފު: މިއަހަރު ބޭނުން ތިން ބިލިއަން ރުފިޔާ ނުލިބުނު

އަމީރު ކުރިން ވިދާޅުވަމުން ގެންދެވީ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން އޮތްކަމަށް. މިހާރު ވިދާޅުވަނީ ނުލިބުނު ކަމަށް.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ރައީސް އިބްރާހިމް  މުހައްމަދު ސޯލިހުގެ ސަރުކާރު ނިމުނީ އެވެ. އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަބަދުވެސް ވިދާޅުވަމުން ގެންދެވި ވާހަކަ ފުޅެކެވެ. ސަރުކާރަށް ދުނިޔެ އިން އެހީތަށް ދަނީ އޮހެމުންނެވެ. ރާއްޖެއަށް ބޭނުންވާ ފައިސާ ކޮންމެ ވަގުތެއްގައި ވެސް ލިބެ އެވެ. އެކަމަކު ވެރިކަން ނިމުނު އިރު އަމީރު މިވަނީ މި އަހަރަށް ހޯދަން ޖެހޭ 200 މިލިއަން ޑޮލަރު ނުވަތަ ތިން ބިލިއަން ރުފިޔާ ނުލިބުނު ކަމަށް އިއުތިރާފުވެ ވަޑައިގެންފަ އެވެ. 

ފިނޭންސް މިނިސްޓަރު އަމީރު މިކަމަށް އިއުތިރާފުވެފައި ވަނީ ބަޖެޓް ކޮމެޓީގެ ބައްދަލުވުމެއްގައި އިއްޔެ ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އަންނަ މަހުގެ ނިޔަލަށް ރާއްޖެއަށް ކޮންމެހެން ވެސް 271.9 މިލިއަން ޑޮލަރު ބޭނުންވެ އެވެ. މި ފައިސާގެ ތެރޭން ލިބޭނޭ ކަމުގެ ޔަގީންކަން އަދި އޮތީ އިންޑިއާގެ ލައިން އޮފް ކްރިޑިޓް ނުވަތަ މަޝްރޫއުތައް ހިންގަން ދޭ 1.1 ބިލިއަން ރުފިޔާ އެކަންޏެވެ. އިތުރަށް ހޯދަން ޖެހޭ ފައިސާ ލިބޭނެކަމުގެ ފެހި ސިންގަން ލިބުނު ނަމަވެސް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. 

މި ވާހަކަފުޅަށްފަހު ވިދާޅުވީ މި 200 މިލިއަން ޑޮލަރު ނުލިބިއްޖެނަމަ ރާއްޖޭގެ ރިޒާވް އެކަށީގެންވާ ގޮތެއްގައި މެއިންޓެއިން ކުރަން ދަތިވާނެ ކަމަށެވެ.

ކީއް ކުރަން ހޯދާ 200 މިލިއަން ޑޮލަރެއް؟ - މި ފައިސާއަކީ ދައުލަތުން މި އަހަރުގެ ކުރިއަށް އޮތް ތަނުގައި ކުރަންޖެހޭ ހަރަދުތަކަށް ހޯދަން ޖެހޭ ފައިސާ އެވެ.

ރިޒާވްގެ މިހާރުގެ ހާލަތު

  •  މިދިޔަ މަހުގެ ނިޔަލަށް ޖުމްލަ ރިޒާވް 552 މިލިއަން ޑޮލަރު
  •  ޔޫޒަބަލް ރިޒާވްގައި ހުރީ 78 މިލިއަން ޑޮލަރު

ސަރުކާރުން ވަނީ މި އަހަރަށް 6 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފަ އެވެ. މި ބަޖެޓުގައިވާ ގޮތުން ބޭރުގެ ފަރާތްތަކުން 4.2 ބިލިއަން ރުފިޔާ ހޯދާއިރު ރާއްޖޭގެ އެތެރޭން 1.9 ބިލިއަން ރުފިޔާ ހޯދާނެ އެވެ. މި ބަޖެޓުގައި ބޭރުން ހޯދަން ކަނޑައެޅި ފައިސާ ލިބިދާނެތޯ އެމްއެމްއޭއިން ވަނީ ސުވާލު އުފައްދާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.