ޅަދަރިމައިންނަށް ދެ އަހަރުގެ ލުޔެއް

މުވައްޒިފުންނަށް ފަސޭހައިން މަަސައްކަތް ކުރެވޭނެ ވަގުތުތައް ކަނޑައަޅާން ވާނީ އިދާރާގެ މަސައްކަތަށް ދަތިނުވާނެ ގޮތުގެ މަތީން އެ މުވައްޒިފެއްހެ މަސައްކަތުގެ ވަގުތު ދެބައިކުޅަ އެއްބަޔަކަށް ވުރެ ކުރު ނުވާނެ ގޮތެއް މަތީން ކަމަށް ވެސް ބުންޏެވެ.

ކުއްޖަކު ގޮވައިގެން އޭނާގެ މަންމަ ސުކޫލަށް ދަނީ -- އަބީދުގެ ފޮޓޯއެއް

ސިވިލްސާވިސް މުވައްޒިފުންގެ ތެރެއިން ޅަދަރިމައިވުމުގެ ސަބަބުން ކަނޑައަޅާފައިވާ ގަޑިތަަކަށް އޮފީހަށް ނިކުމެ އުޅުމުގައި ދަތިވާ މުވައްޒިފުންނަށް ފަސޭހަކޮށް މަސައްކަތް ކުރެވޭނެ އުސޫލުގެ ދަށުން ލުއި ދެވޭނެ ގޮތްތަކެއް ކަނޑައަޅައިފި އެވެ.

ސީއެސްސީ އިން ފޮނުވާފައިވާ ސާކިއުލާ އެއް ގައި ބުނެފައި ވަނީ ސިވިލްސާވިސް މުވައްޒިފުންގެ ތެރެއިން ޅަދަރިމައިވުމުގެ ސަބަބުން ކަނޑައަޅާފައިވާ ގަޑިތަަކަށް އޮފީހަށް ނިކުމެ އުޅުމުގައި ދަތިވާ މުވައްޒިފުންނަށް ފަސޭހަކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމު ގައި ސިވިލް ސާވިސް އިދާރާތަކުގެ މެދުގައި ހަމަހަމަ އުސޫލަކުން އަމަލު ކުުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެ ގޮތުން ސިވިލްސާވިސް މުވައްޒިފުންގެ ތެރެއިން ޅަދަރިމައިވުމުގެ ސަބަބުން ކަނޑައަޅާފައިވާ ގަޑިތަަކަށް އޮފީހަށް ނިކުމެ އުޅުމުގައި ދަތިވާ މުވައްޒިފުންނަށް ފަސޭހަކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެ އެންމެ ދިގު މުއްދަތަކީ ދަރިފުޅަށް ދެ އަހަރު ފުރުމާ ހަމައަށް ކަމަށެވެ.

މިފަދަ މުވައްޒިފުންނަށް ފަސޭހައިން މަަސައްކަތް ކުރެވޭނެ ވަގުތުތައް ކަނޑައަޅާން ވާނީ އިދާރާގެ މަސައްކަތަށް ދަތިނުވާނެ ގޮތުގެ މަތީން އެ މުވައްޒިފެއްހެ މަސައްކަތުގެ ވަގުތު ދެބައިކުޅަ އެއްބަޔަކަށް ވުރެ ކުރު ނުވާނެ ގޮތެއް މަތީން ކަމަށް ވެސް ބުންޏެވެ.

މި މުއްދަތު ގައި އެ މުވައްޒިފެއްގެ މުސާރައާ އިނާޔަތް އުނިކޮށްގެން ނުވާނެ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.