އަދީބާ ޒިޔަތު މިނިވަން ކުރީ ކަޅު ފައިސާގެ ޑީލަކުންތޯ ބަލަން އާ ސަރުކާރަށް ޑިމޮކްރެޓުން ގޮވާލައިފި

އަދީބާއި ޒިޔަތު މިނިވަން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިންނަވާ ގާނޫނީ އިހްތިޔާރު ތަކާއި ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕެވުން ކަމަށް ޑިމޮކްރެޓުން ބުނެ އެވެ.

ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޒިޔަތު: ދިގު މުއްދަތުގެ ޖަލު ހުކުމަށް ރައީސް ސޯލިހް މާފު ދެއްވުމުން ވަނީ މިނިވަންވެފައި -- މި

ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރގެ މަގާމު ފުރުއްވި އަބްދުﷲ ޒިޔަތުގެ މައްޗަށް އޮތް ޖަލު ހުކުމްގެ މުއްދަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުރުކޮށް ދެއްވާ އެ ދެ ބޭފުޅުން މިނިވަން ކުރެއްވުމުން ދަ ޑިމޮކްރެޓްސް އިން ކުށްވެރި ކޮށްފި އެވެ.

އެ ޕާޓީން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ދައުރު ނިމޭން ދެ ދުވަހަށް ވެފައި ވަނިކޮށް، ރާއްޖޭގައި ހިންގާފައިވާ ކަމަށް ބެލެވޭ އެންމެ ބޮޑު ހިޔާނާތް -- އެމްއެމްޕީއާރްސީ މައްސަލައި ގައި ކުށް ސާބިތުވެ، ހުކުމް ތަންފީޒުކުރަމުން ދިޔަ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ގެ މަގާމު ފުރުއްވި އަބްދުﷲ ޒިޔަތުގެ އަދަބު ލުއިކޮށްދީ މިނިވަން ކޮށްފައި ވާތީ އެކަން އިންތިހާ އަށް ކުށްވެރި ކުރާ ކަަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތަށް އިންސާފު ހޯދުމާއި ގެއްލިފައިވާ ފައިސާ ހޯދުމަކީ ރައީސް ސޯލިހްގެ 2018 ގެ ރިޔާސީ ވައުދެއް ކަން ފާހަގަކޮށް އެ ރޮނގުން ކުޑަވެސް ކާމިޔާބެއް ހޯއްދެވިފައި ނެތް ތާނގާއި ރައީސް އަބްދުالله ޔާމިންގެ ވެރިކަމުގައި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ހައްޔަރުކޮށް، ތަހުގީގުކޮށް ދައުވާ އުފުލާ ހުކުމް އިއްވާ އެ ހުކުމް ތަންފީޒު ކުރަމުންދާ ބަޔަކު މިނިވަން ކުރި ކަމީ ވަކިވާން މިދާ ސަރުކާރުގެ ކިބައިގައި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގު ތަކަށް ކުޑަ ވެސް އިހްތިރާމެއް ނެތުމުގެ ދަލީލަކަށް ފުދޭ ކަމަށް ޑިމޮކްރެޓުންގެ ބަޔާނުގައި ވެއެވެ.

ވައްކަމާއި ހިޔާނާތުގެ ކުށަށް އެކަށީގެންވާ އަދަބެއް ނުލިބޭނޭ ކަން ސިޔާސީން ނަށް ޔަގީން ކޮށްދެއްވުމަށް ދިވެހި ރައްޔިތުންގެ ގައުމީ މަސްލަހަތު ތަކާ ދިމާ އިދިކޮޅަށް އަޅުއްވާފައިވާ މި ފިޔަވަޅަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިންނަވާ ގާނޫނީ އިހްތިޔާރު ތަކާއި ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕެވުން ކަމުގައި ދެކޭ ކަމުގައި ވެސް ބަޔާނުގައި ވެއެވެ.

"ރައީސް ސޯލިހްގެ ވެރިކަމުގެ ފަސް އަހަރުގެ މުއްދަތު މުޅިންހެން ހޭދަކުރެއްވީ ނަމުން 'ޒީރޯ ޓޮލަރަންސް' ގައި ނަމަވެސް ކަމުން ވައްކަމާއި ހިޔާނާތާއި ފަސާދައިގެ ތެރޭގައެވެ. ދައުލަތުގެ މުވައްސަސާތަކާއި ކުންފުނިތައް މެދުވެރިކޮށްގެން ވާގިވެރިންނާއި ގާތްތިމާގެ އާއިލީ ބޭބޭފުޅުންނާއި އަމިއްލަފުޅު ޖީބަށް ބަރު ކުރެއްވުމުގަ އެވެ. ގޮތެއް ފޮތެއް ބެލުމެއްނެތި ރިޝްވަތާއި ވައްކަމުން ކެމްޕޭނަށް ފައިސާ ހޯއްދެވުމާއި ހަރަދު ކުރެއްވުމުގަ އެވެ. ޖަވާބުދާރީވުމާއި އަދުލުވެރިކަމުގެ ސިފަތައް ދިވެހި ދައުލަތުން ނައްތާލެއްވުމުގައެވެ،"

އެކަން އެހެން އޮވެ ދެވަނަ ދައުރެއް ހޯއްދެވުމުގެ ބޭނުންފުޅުގައި ހިންގެވި ޖަރީމާތަކުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކެމްޕޭނަށް ހޯއްދެވުމުގެ ޑީލެއްގެ ދަށުން ކުރީގެ ނައިބް ރައީސްއާ މުއާމަލާތް ކުރައްވާފައިވާ ކަމުގެ ތުހުމަތު އުފުލިފައިވާ ކަމަށާ ކުރީގެ ނައިބް ރައީސް މިނިވަން ކުރުމަކީ މި ތުހުމަތަށް ބާރުދޭ އަލިކުރާ ގަރީނާ އެއް ކަމަށް ވެސް ޑިމޮކްރެޓުންގެ ބަޔާނުގައި ވެއެވެ.

"އެހެން ކަމުން މި ޕާޓީ އިން ވެރިކަމާ ހާވާލުވާންދާ ޕްރޮގްރެސިވް ކޯލިޝަނަށް ގޮވާލަނީ ރައީސް ސޯލިހް ގެ މި ނިންމެވުމުގެ ފަހަތުގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ވާ މިންވަރެއް ބެލުމަށާއި ދިވެހިރާއްޖޭގެ މަސްލަހަތުގެ މައްޗަށް ދެ މުޖުރިމަކަށް އެންމެ ލުއިގޮތް އިސްކުރުމުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ނުފޫޒާއި ބާރު ފައިސާ އާއި މަގާމުގެ މުއާމަލާތްތައް ތަހުގީގު ކޮށް ފިޔަވަޅު އެޅުމަށެވެ،" ޑިމޮކްރެޓުންގެ ބަޔާނުގައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.