ވާހަކަ

އިންތިހާއަށް ލޯބިވީމާ – އެޕިސޯޑް 35

"ނިއުޝާ.." ނިއުޝާގެ ކަންފަތުގެ ހިނދުރީގައި ޖެހުނީ ހައިކަލްގެ އަޑެއް ނޫނެވެ. ނިއުޝާ ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ބަލައިލީ ދޮރާ ދިމާލަށެވެ.

– އެޕިސޯޑް 34 -

ދޮރު ކުރިމަތީގައި ހައިރާންކަމާ އެކު ހުރި ނާޝިދުގެ ކަޅި ވަނީ ނިއުޝާއާ ދިމާއަށް ހުއްޓިފައެވެ. ނިއުޝާ ޖެހިލުންވާ ގޮތް ވިއެވެ. އޭނާގެ ފަރާތުން އާދަޔާ ޚިލާފް ހަރަކާތްތަކެއް ނާޝިދަށް ފެނިގެން ދިޔަކަން ނިއުޝާ ހުރީ ޔަޤީންކޮށްގެންނެވެ. ބުނާނެ އެއްޗެއް ނޭނގޭ ޙާލުގައި ނިއުޝާ ހުރީ ފާޑަކަށް ގަނބު ވެފައެވެ.

"ނިއުޝާ. ކިހިނެއް؟" ނާޝިދު އަހައިލީ ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ކަނޑައިލަމުންނެވެ. 

"ރަނގަޅު.. ކޮންކަމެއްގަ؟ ވަދޭ އެތެރެއަށް" ނިއުޝާ އިސް އުފުލާ ބަލައިލީ ނާޝިދާ ދިމާއަށެވެ. ނާޝިދު ވަނީ ގޭތެރެއަށެވެ.

"ނިއުޝާގެ ޙާލު ބަލާލަން ބޭނުންވީ.. ހުރިހާ ކަމެއް އޯކޭތަ ނިއުޝާ؟ ފަޔާޒް ހުރީ ވަރަށް ބޮޑަށް ކަންބޮޑު ވެފަ.. ނިއުޝާގެ އެއްވެސް ޚަބަރެއް ނުލިބޭތީ. ނިއުޝާ ދެން ނުދާ ގޮތަށްތަ ފަޔާޒްއާ ދިމާކޮށްލަން ވެސް؟" ވާހަކަދައްކަމުން ގޮސް ނާޝިދު އިށީންނީ ސޯފާގައެވެ. ނިއުޝާ ވެސް އިށީންނެވެ.

"ކީއްވެ އެއްޗެކޭ ނުބުނީ؟" ނިއުޝާގެ ފަރާތުން ޖަވާބެއް ނުލިބުމުން ނާޝިދު އަހައިލިއެވެ.

"އަހަރެން ކީކޭ ގޮސް ކިޔާނީ؟ އަހަރެން މުޅިން އެކަނި ވެއްޖެ. ބާކީ ވެއްޖެ.. އަހަރެން ބޭނުމީ މިދުވަސްތަކުގަ އެކަނިވެލަން.. ފަޔާޒާ ދިމާ ނުވެ މި ގޮތަށް އުޅެން.. އަހަރެން ހަމައަކަށް އެޅުނީމަ އަހަރެން ނާޝިދަށް ޚަބަރެއް ވާނަން.." ނިއުޝާގެ ވާހަކަތަކަށް ނާޝިދު އެއްބަސް ވެލަމުން އޭނާ ކޮޅަށް ތެދުވިއެވެ.

"އަހަރެން މިހެން އުޅެމުން ޖައްސާލާނަން. ކަމެއް ބޭނުން ވިޔަސް އަހަރެންނަށް ގުޅާތި އިނގޭ!" ނާޝިދު ގެއިން ނުކުތުމާއެކުގައި ނިއުޝާ ސޯފާއިން ތެދުވިއެވެ.

"ކީއްކުރަން ކޮންމެހެން އަހަރެންގެ ޙާލު ބަލަން. ފަޔާޒްގެ ޙާލުބަލަން ވީނު. އަހަރެން މިހެން އެކަނި އުޅެފާނަމޭ.." އަމިއްލަ ނަފުސާ ވާހަކަދައްކަމުން ގޮސް ނިއުޝާ ގޭގެ ދޮރު ތަޅުލިއެވެ. އަދި ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ނިއުޝާގެ ފޯނުގެ ވައިބަރަށް އައިސްފައިވާ މެސެޖު އަދިވެސް ނިއުޝާ އަކަށް ނުފެނެއެވެ. އެ މެސެޖު ކުރިފަހުން ނިއުޝާއަށް އޭނާގެ ފޯނަށް ރަނގަޅަށް ސަމާލުކަމެއް ދެވޭނެ ވަގުތެއް ވެސް ނުވެއެވެ. ނިއުޝާ މަޑު ހިނގުމެއްގައި ގޮސް ފޯނު ނަގާލިތަނާ ފޯނު ރިންގުވާން ފެށިއެވެ. ގުޅަމުން ދިޔައީ ހައިކަލްއެވެ. ނިއުޝާ ލަސްނުކޮށް ފޯނަށް ޖަވާބު ދިނެވެ.

"މިހުރީ ދޮރު ކުރިމަތީގަ.. ހުޅުވަބަލަ!" 

ހައިކަލް އެހެން ބުނުމާއެކުގައި ނިއުޝާ ދޮރާ ދިމާލަށް ހިނގައިގަތީ ޖެހިލުންވެ ހުރެއެވެ. ނާޝިދަށް ހައިކަލް ފެނިދާނެ ކަމުގެ ބިރު ނިއުޝާގެ ހިތުގައި އާލާވީއެވެ. ނާޝިދު އަދި ގެއިން ނުކުމެގެން ދިޔަތާ ވާނީ މަދު މިނެޓް ކޮޅެކެވެ. ނިއުޝާ ދޮރު ހުޅުވާލިއެވެ. ނިއުޝާގެ ނޭފަތުގައި ފުރަތަމަ ވެސް ޖެހުނީ ހައިކަލްގެ ގައިން ދުވަމުން ދިޔަ މީރު ވަހެވެ.

"ހައިކަލް ވަތް އިރު އެއްވެސް މީހަކާ ދިމާވިތަ؟" ނިއުޝާ އެންމެ ފުރަތަމަ ވެސް ސާފު ކުރަން ބޭނުންވީ އެކަމެވެ. ހައިކަލް ބޯހޫރާލި ނޫނެކޭ ބުނަމުންނެވެ.

"ގޯޅި ތެރެ އޮތީ.. ކާކު ވާހަކައެއް ތި ކިޔަނީ؟" ހައިކަލްގެ ގޭތެރެއަށް ވަނެވެ. ހައިކަލްގެ ފަހަތުން ނިއުޝާ ހިނގައިގަތެވެ.

"ދެންމެ ނާޝިދު އައި.. އެއީ ފަޔާޒް މަސައްކަތް ކުރި އޮފީހުގެ ބޮސް" ނިއުޝާ އާއި ހައިކަލް ސޯފާގައި އިށީންނެވެ.

"ނިއުޝާ އަހަރެން ވަރަށް ނިދި އެބަ އާދޭ. އެކަމުވެސް އަހަރެން ބޭނުންވީ ނިއުޝާ ދެކިލަން." ހައިކަލް ލުއި ހިނިތުންވުމަކާ އެކުގައި ބަލައިލީ ނިއުޝާއަށެވެ. ނިއުޝާ ބަލައިލީ ހައިކަލްގެ މޫނަށެވެ. އެ މޫނުމަތިން ފެންނަނީ ތާޒާ ކަމެެވެ. ވަރަށް ރަނގަޅަށް ފެންވަރާލައިގެން ހުރިކަން އެނގެއެވެ.

"ހައިކަލްއަށް އެބަ އިނގޭތަ ހައިކަލްއަށް ތި ކިޔެނީ ކީކޭކަން؟" ނިއުޝާ މަޑުމަޑުން ހިފައިލީ ހައިކަލްގެ އަތުގައެވެ.

"ހާދަ ފިންޏޭ؟" ނިއުޝާއަށް ކުއްލިއަކަށް އަހައިލެވުނެވެ.

"ހެހެ.." ނިއުޝާގެ އަތުގައި މަޑުމަޑުން ހައިކަލް ފިރުމާލިއެވެ.

"އަހަންނަށް ނިއުޝާ ދެކެ.." ހައިކަލް ހުއްޓާލިއެވެ. ހީވީ ކަރުގައި އެއްޗެއް ތާށިވި ހެންނެވެ.

"އަހަރެން ދެކެ؟؟ ކުރިއަށް ގެންދޭ.." ނިއުޝާ އިނީ ބުނަން އުޅޭ އެއްޗެއް އެނގޭ އިރު، އެ ލަފުޒު ހައިކަލްގެ އަނގައިން ބުނުވާށެވެ.

"އަހަންނަށް ނިއުޝާ ދެކެ ލޯބި ވެވިއްޖެ.. އަހަރެން ބޭނުން ވަނީ ނިއުޝާ ވަރަށް އުފަލުގަ ގެންގުޅެން.." ހައިކަލް އެހެން ބުނުމާއެކުގައި ނިއުޝާއަށް އުފަލުން ހިނިތުން ވެވުނެވެ.

"އަހަރެން ވެސް.." 

ނިއުޝާ ބޯ އަޅާލީ ހައިކަލްގެ ކޮނޑުގައެވެ. ހައިކަލް ދެލޯ ބޮޑުވިއެވެ. ނަމަވެސް އެތަން ނިއުޝާއަކަށް ނުފެންނާނެއެވެ. އެދެމީހުންގެ ގުޅުން މިހާ ހިސާބަށް މި ދިޔައީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. ނިއުޝާގެ ހިތުގައި ހައިކަލްއަށް އެ ދެވުނު މަޤާމުން ހައިކަލް ވީ ހައިރާންނެވެ.

***

ރޭގަނޑުގެ އަނދިރިކަމުން މުޅި ދުނިޔެ ބައްދާލައިފިއެވެ. ކައިވެންޏަށްފަހު ސަމާ އާއި މާއިޒް ތައްޔާރު ވަމުން ދިޔައީ އެމީހުންގެ ކައިވެނީގެ ހަނީމޫން ދަތުރަށް ތައްޔާރުވާށެވެ. އެމީހުން ދާން ނިންމީ ދުބާޢީ އަށެވެ.

"މަންމަމެން ވެސް ދާނަން.. ދަރިފުޅުމެން ފުރުވަން. ދޯ މޫސަ؟" 

ސަމާ އާއި މާއިޒްގެ ގާތުގައި ހުރެފައި ރޫމާ އެހެން ބުނެލީ މޫސައަށް ބަލައިލަމުންނެވެ. މޫސަ ނިކަން އަވަހަށް "އާނ" ބުނެލީ އުފަލުން ހެމުންނެވެ. މޫސަ އާއި ރޫމާގެ ލޯމަތީގައި ސަމާގެ ދިރިއުޅުމަށް މަރުޙަބާ ކިޔާފައިވާ ބަޙާރް މޫސުމުގެ އުފާ އެދެމީހުން ވެސް ދިޔައީ ހާސިލް ކުރަމުންނެވެ. މާއިޒް ބުނެފައިވަނީ އެމީހުން ރާއްޖެ އަންނަ ގޮތަށް ހުޅުމާލެއިން ފްލެޓެއް ސަމާގެ މައިންބަފައިންނަށް ހޯދާއިދޭނެ ކަމަށެވެ. އަދި މިހާރު ދިރިއުޅެމުންދާ މޫސަގެ ގޭގެ ރަޖިސްޓްރީ ވެސް މޫސަ މަސައްކަތް ކުރަމުން ގެންދިޔައީ ރޫމާގެ ނަން މައްޗަށް ބަދަލު ކުރާށެވެ. އެއީ ނިއުޝާއަށް އެއްވެސް ބައެއް ގެއިން ދޭން މޫސަ ބޭނުން ނުވާތީއެވެ. އެއީ ސީދާ ސަމާގެ ރޭވުމެކެވެ. އެގޮތަށް އެކަން މޫސައަށް ވިސްނާ ދިން މީހަކީ ސަމާއެވެ.

ގަޑިން ރޭގަނޑު 9 ޖަހާ ބޮޑު ވެއްޖެއެވެ. ނިއުޝާގެ އެނދުގައި ހައިކަލް އޮތީ ގަދަ ނިދީގައެވެ. ފިނި ބޮޑު ކަމުން ހައިކަލް ނިދަން އެރީވެސް އެއްޗެހި ބަދަލު ނުކޮށެވެ. ޖިންސް އަދި ގަމީސް ލައިގެންނެވެ. ހައިކަލްގެ ގާތުގައި އެނދުގައި އޮތުމަށްފަހު ނިއުޝާ ސިޓިންގރޫމަށް ނުކުތީ އޭނާއަށް އުނދަގޫ އިޙްސާސެއް ވާތީއެވެ. ބޭނުންވާ އުފަލަށް އަރައިގަނެވި ދާނެތީއެވެ. ހައިކަލްގެ ފަރާތުން އެކަހަލަ ފެހި ސިގްނަލެއް ނުލިބޭތީއެވެ. އެތައް އިރަކު ސިޓިންގރޫމްގައި އިނދެ ވިސްނުމަށްފަހުގައި ނިއުޝާ ކޮޓަރިއަށް ވަނެވެ. ހައިކަލްގެ މޫނަށް ނިއުޝާ ބަލަން ހުރީ ފޫހި ކަމެއް ނެތިއެވެ. މަސްތީ އަރާމެއް ނިއުޝާގެ ހައްޓަށް ނުލިބޭތާ ވަރަށް ދުވަސް ވެއްޖެއެވެ. ނިއުޝާގެ ހަށިގަނޑަށް ވެފައިވާ ފިންޏާ އެކުގައި ނިއުޝާ ބޭނުން ވަނީ ހައިކަލްގެ ހަށިގަނޑުން ހޫނު އަރާމެއް ލިބިގަންނާށެވެ.

ނިއުޝާގެ ކެތްތެރިކަން ކޮޅުން ލިއެވެ. ނިއުޝާ މަޑުމަޑުން ލައިގެން ހުރި ފޭރާން ހަށިގަނޑާ ވަކިކޮށްލުމަށްފަހުގައި އެނދުމަތީގައި އޮށޯތެވެ. އަދި މަޑުމަޑުން ހައިކަލްގެ ގަމީހުގެ ގޮށްތައް ނައްްޓުވާލުމަށްފަހު، ހައިކަލްގެ މޭގެ ތެރެއަށް ނިއުޝާ ބޯ ލަމުން ނިއުޝާގެ ދެއަތުން ހައިކަލްގެ ހަށިގަނޑު ވަށާލިއެވެ. ހައިކަލްގެ ގައިން ދުވަނީ ވަރަށް މީރު ވަހެކެވެ. ވަރަށް ފިރިހެންވަންތަ ވަހެކެވެ. ނިއުޝާ ބަލައިލީ ހައިކަލްގެ މޫނަށެވެ. ހައިކަލްގެ ހޫނު ނޭވާ ނިއުޝާއަށް އިޙްސާސް ކުރެވޭހާ އެދެމީހުންގެ މޫނު ގާތެވެ.

***

ނާޝިދު ފޯނު ނަގައި އަނެއްކާ ވެސް ނަންބަރަކަށް ގުޅައި ޑައިލް ކޮށްލިއެވެ. ނާޝިދުގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހާސްކަމެއް ފެނިގެން ދެއެވެ. އެ މީހަކަށް ގުޅަން ނާޝިދު ވަރަށް މަސައްކަތް ކޮށްފައިވާކަން ނާޝިދުގެ މޫނުމަތިން ފާހަގަވެއެވެ.

"ތިޔަ ގުޅުއްވި ނަންބަރުން މިވަގުތު ޖަވާބެއް ނުދޭ.. ފަހުން ގުޅުއްވާލައްވާ.." ނާޝިދު ފޯނު އެނދާ ދިމާލަށް ހޫރާލިއެވެ. ނާޝިދުގެ ދުލުން ނުކުތީ އެންމެ ނަމެކެވެ. އެއީ "ހައިކަލް" ގެ ނަމެވެ. (ނުނިމޭ)

ކޮމެންޓް

1
450
ލުބު
11 months ago

އޯއް މައި ގޯޝް. މި ވެސް ރޭވުމެއްބާ. ނިއުޝާ މީ މޮޔައެއްތަ؟؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.