ފްލެޓުވެރިންގެ ކަންބޮޑުވުންތައް އިއްވަން މިއަދު ރަސްފަންނަށް

އެ އެއްވުމުގައި ސަރުކާރުން ދޭން ނިންމި 4،000 ފްލެޓު ދިނުމުގައި އިންސާފުން ބޭރުވެފައިވާކަން ފާހަގަކޮށް އެކަން ކަމާ ގުޅޭ ގޮތުން އަޑު ހަރު ކުރާނެ އެވެ.

މަދަމާ ނިމޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފްލެޓުވެރިންނަށް ކުރިމަތިވި ކަންކަމަށް ޝުއޫރު ފާޅުކޮށް އަޑު އުފުލަން މާލޭގެ ރަސްފަންނުގައި މިއަދު އެއްވުމެއް ބާއްވަ އެވެ. 

"ވަގަކަށް ހާސް ދުވަސް ވެރިޔަކަށް އެއް ދުވަސް" ނަމުގައި މި އެއްވުން ބާއްވަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް އާންމުނާއެކު ވަކާލާތު ކުރާ، "އާންމުންގެ އެކުވެރި ޖަމިއްޔާ" އެވެ.  

އެ މީހުންގެ އެ ހަރަކާތް ފަށަނީ ހަވީރު 4:00 ޖަހާއިރު ރަސްފަންނުގަ އެވެ.

އެއްވުން އިންތިޒާމު ކުރާ ޖަމިއްޔާއިން ބުނަނީ މިއަދު ޝުއޫރު ފާޅު ކުރަނީ ރައީސް ސޯލިހު ވެރިކަން ނިމޭއިރު ސަރުކާރުގެ ވެރިންނަށް، އާންމުންގެ އަޑު އިއްވަން ކަމަށާއި އެ އެއްވުމުގައި ސަރުކާރުން ދޭން ނިންމި 4،000 ފްލެޓު ދިނުމުގައި އިންސާފުން ބޭރުވެފައިވާކަން ފާހަގަކޮށް އެކަން ކަމާ ގުޅޭ ގޮތުން އަޑު ހަރު ކުރާނެ ކަމަށެވެ. 

އޭގެ ތެރޭގައި ހިޔާ ފްލެޓުތައް ފިނިޝިން ނުނިންމާ ހަވާލު ކުރުމާއި، ކުލި ބޮޑު ކުރުން ފަދަ ކަންކަން ވެސް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.