ޒޭން ބޮލީވުޑަށް ތައާރަފުވީ 2021 ވަނަ އަހަރު "މިސިޒް ސީރިއަލް ކިލާ" އިންނެވެ. ފަހުން "މޮނިކާ އޯ މައި ޑާލިން" އާއި "ފީލްސް ލައިކް އިޝްގް" ގައި ވެސް ރޯލުތައް ކުޅުނެވެ.
ބޮލީވުޑްގެ މެގަ ސްޓާރު އާމިރު ހާންގެ ދަރިފުޅު ޖުނައިދު ހާން ޕްރޮޑިއުސްކޮށް އުފައްދާ ފުރަތަމަ ފިލްމުގެ ލީޑް ރޯލަށް އާމިރު ހާނަށް ބޮޑުބޭބެ ކިޔާ ޒޭން މެރީ ހާން ހަމަޖައްސައިފި އެވެ.
ޖުނައިދު ހާން ފިލްމެއް ޕްރޮޑިއުސް ކުރާއިރު އެކްޓަރެއްގެ ގޮތުގައި އޭނާ ބޮލީވުޑަށް ތައާރަފުވާ ފިލްމުގެ މަސައްކަތް ވެސް ހިނގަ އެވެ. އެ ފިލްމަށް ކިޔަނީ "މަހާރާޖް" އެވެ
ޖުނައިދު ޕްރޮޑިއުސް ކުރާ "ޕްރީތަމް ޕިޔާރޭ" ގެ ނަން ދީފައިވާ ފިލްމުގައި ޒޭންއާއެކު މުހިންމު ރޯލެއް ކުޅޭނީ ސަންޖޭ މިޝްރާ އެވެ. ފިލްމުގެ މަސައްކަތުގައި އާމިރު ހާންގެ ދައުރު ވެސް ވަރަށް ބޮޑަށް އޮވެ އެވެ.
ޒޭން ބޮލީވުޑަށް ތައާރަފުވީ 2021 ވަނަ އަހަރު "މިސިޒް ސީރިއަލް ކިލާ" އިންނެވެ. ފަހުން "މޮނިކާ އޯ މައި ޑާލިން" އާއި "ފީލްސް ލައިކް އިޝްގް" ގައި ވެސް ރޯލުތައް ކުޅުނެވެ.