ހުވާގެ ދަރުބާރަށް ރަނިލްއާ އަހްމަދު އަފީފާއި ޗައިނާގެ ސްޓޭޓް ކައުންސިލަރު

ހުވާގެ ދަރުބާރު ގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަހަ ސިންހަ އާއި ސީޝެލްގެ ނައިބު ރައީސް އަހްމަދު އަފީފް ދީދީ އާއި ޗައިނާގެ ސްޓޭޓް ކައުންސިލަރު ޝެން ޔިގިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ ދަރުބާރު ގައި ބައިވެރިވެވަޑައިގަންނަވާ ގައުމުތަކުގެ އެންމެ އިސްވެރީން

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާ ކުރެއްވުމުގެ ދަރުބާރު ގައި ހެޑް އޮފް ގަވާމެންޓް / ހެޑް އޮފް ސްޓޭޓް ލެވެލް ގައި ތިން ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ. 

އެއީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަހަ ސިންހަ އާއި ސީޝެލްގެ ނާއިބު ރައީސް އަހްމަދު އަފީފް ދީދީ އާއި
ޗައިނާގެ ސްޓޭޓް ކައުންސިލަރު ޝެން ޔިގިން އެވެ. އެކަމަނާ އަކީ ނާއިބު ރައީސް ފެންވަރުގެ މަގާމެއް ގައި ހުންނެވި ބޭފުޅެކެވެ. ހުވާގެ ދަރުބާރުގައި ބައިވެރިވެވަޑައިގަންނަވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބެއްގެ ގޮތުގައެވެ.

އިއްޔެގެ ވަގުތެއް ގައި އެކަމަނާ ވަނީ ރާއްޖެ ވަޑައިގެންފައެވެ. ވީއައިއޭ އިން އެކަމަނާ އަށް މަރުހަބާ ވިދާޅުވީ އާ ސަރުކާރުގެ ފޮރިން މިނިސްޓަރު ކަމަށް ވަޑައިގަންނަވާ މޫސާ ޒަމީރެވެ. ސްރީލަންކާގެ ރައީސް ރަނިލް ވިކްރަހަ ސިންހަ ރާއްޖެ ވަޑައިގަންނަވާނީ މިރޭ އަށެއް ޖަހާއިރު އެވެ. ރައީސް ރަނިލްގެ އަރިހުގައި ފަސްޓް ލޭޑީ ވެސް ރާއްޖެ ވަޑައިގަންނަވާނެ އެވެ.

އެކަން މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު ރޭ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ޗައިނާގެ ސްޓޭޓް ކައުންސިލަރު ރާއްޖެ ވަޑައިގަތުން

-- ސީޝެލްގެ ނާއިބު ރައީސް އަހްމަދު އަފީފް ދީދީ އަކީ އައްޑޫ ބަޣާވާތަށް ފަހު ގައުމު ދޫކުރައްވާ ސީޝެލްސް އަށް ވަޑައިގެންނެވި އަބްދުﷲ އަފީފާއި އަނީސާ އަލި ދީދީގެ ބޭފުޅެކެވެ. އިބްރާހިމް އަފީފްގެ ބައްޕާފުޅު، އަދި "އައްޑޫ ރަދުން" ގެ ގޮތުގައި މަޝްހޫރުވެފައިވާ އަބްދުﷲ އަފީފު ސީޝެލްސް އަށް ވަޑައިގަތުމަށް ފަހު އެއް ފަހަރު ރާއްޖެ ޒިޔާރަތް ކުރެއްވިއެވެ. އުމުރުފުޅުން 77 އަހަރުގައި، އަފީފު އަވަހާރަވީ ސީޝެލްސްގައި ޖުލައި 13، 1993 ގައެވެ. --

މީގެ އިތުރުން ދެކުނުކޮރެއާގެ ރައީސްގެ ސްޕެޝަލް އެންވޯއީ އެއްގެ ގޮތުް އެ ގައުމުގެ ބުސާމް ސިޓީގެ މޭޔަރު ހުވާގެ ރަސްމިއްޔާތަށް ވަޑައިގަންނަވާނެ އެވެ. އަދި ޖަޕާންގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އެ ގައުމުގެ ވައިސް މިނިސްޓަރު ފޯ ފޮރިން އެފެއާޒް ވަޑައިގަންނަވާނެ އެވެ. އަރިހުގައި އެ ގައުމުގެ ހެޑް އޮފް ސެކްރެޓަރީ ޖެނެރަލް ވެސް ވަޑައިގަންނަވާނެ އެވެ.

ކޮމަންވެލްތާއި ސާކުގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ތުރުކީގެ ކަލްޗާ އެންޑް ޓޫރިޒަމް މިނިސްޓަރާއި އިންޑިއާގެ އާތު އެންޑް ސައިންސް މިނިސްޓަރާއި ކެންބޯޑިއާ ޕާލިމަންޓްގެ ފޮރިން އެެފެއާޒް ކޮމެޓީގެ މުގައްރިރު ވެސް ހުވާގެ ދަރުބާރު ގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މީގެ އިތުރުން ޔޫއޭއީގެ ޖަސްޓިސް މިނިސްޓަރާއި ބަންގްލަދޭޝްގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރާއި ޕާކިސްތާނުގެ ފެޑެރަލް މިނިސްޓަރު އޮފް ކޮމާސް އާއި އެމެރިކާގެ ރައީސްގެ ހާއްސަ މަންދޫބާއި މޮކޮރޯގެ ޑިރެކްޓަރު ޖެނެރަލްގެ އޮފް ބައިލެޓްރަލް އެފެއާޒް ވެސް ރާއްޖެ ވަޑައިގަންނަވާނެ އެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ހާއްސަ މަންދޫބުގެ އިތުރުން އޯއައިސީގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އާއި ޔުނިސެފާއި ޔޫއެންޑީޕީއާ އޭޑީބީއާ ވޯލްޑް ބޭންކާއި އޯއައިސީގެ އިސް ބޭފުޅަކު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. ޔުނިސެފުން ވަޑައިގަންނަވާނީ އެ ޖަމާއަތުގެ ވެރިޔާ އެވެ.

ހުވާގެ ދަރުބާރުގައި އެކި ގައުމުތަކުގެ އެމްބެސެޑަރުންގެ ލެވެލްގެ 65 ބޭފުޅަކު ބައިވެރިވަޑައިގަންނަވާނެ އެވެ. ޖުމްލަ 46 ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.