މުއިއްޒުގެ ވައުދު ފޮތް؛ 205 ބައްދަލްވުމުގައި ދެއްކެވި ހުރިހާ ވާހަކަފުޅެއް އަކުރުން އަކުރަށް

ކެމްޕެއިން ގައި ހޭދަ ކުރި ހަތް ހަފްތާގެ ތެރޭގައި 205 ފަހަރު ރައްޔިތުންނާއި ބައްދަލު ކުރައްވާ އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައްޔިތުންނާއި ވާހަކަ ދެއްކެވުމަށް މުޅި ޖުމްލަ 1،913 މިނެޓް ހޭދަ ކުރައްވާފައިވެއެވެ.

އިންތިހާބީ ރައީސް / ރައީސް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި ދެއްކެވި ވާހަކަފުޅުތަކާއި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ހިމަނުއްވާފަ ނެރުއްވާފައިވާ ފޮތް

އިންތިހާބީ ރައީސް / ރައީސް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި ދެއްކެވި ވާހަކަފުޅުތަކާއި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ހިމަނުއްވާފައިވާ ހާއްސަ ފޮތެއް މިރޭ އިފްތިތާހު ކޮށްފި އެވެ.

އެ ފޮތް އިފްތިތާހު ކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން، އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާ އެއްގައެވެ. ދަރުބާރުގޭގައި އޮތް މި ޖަލްސާ ގައި މި ފޮތް އިފްތިތާހު ކޮށްދެއްވީ ޓްރާސްސިޝަނަލް ކޮމެޓީގެ ޗެއާމަން / ޕީއެންސީގެ މުޝްތަޝާރު އަބްދުއްރަހީމް އަބްދުﷲ އެވެ.

މި ފޮތުގެ ނަމަކީ "ޑރ. މުހައްްމަދު މުއިއްޒު" އެވެ.

އިންތިހާބީ ރައީސް / ރައީސް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި ދެއްކެވި ވާހަކަފުޅުތަކާއި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ހިމަނުއްވާފަ ނެރުއްވާފައިވާ ފޮތް އިފްތިތާހު ކުރުން

މި ފޮތުގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކާއި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ހިމަނުއްވާފައި ވެއެވެ.

އެގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމަނިކުފާނު ވަޑައިގެންނެވި 153 ރަށާއި ފަސް ސިޓީ ގައި ދެއްކެވި ހުރިހާ ވާހަކަފުޅުތަކެއް އަކުރުން އަކުރަށް ހިމަނާފައި ވެއެވެ. ކެމްޕެއިން ގައި ހޭދަ ކުރި ހަތް ހަފްތާގެ ތެރޭގައި 205 ފަހަރު ރައްޔިތުންނާއި ބައްދަލު ކުރައްވާ އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އިންތިހާބީ ރައީސް / ރައީސް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި ދެއްކެވި ވާހަކަފުޅުތަކާއި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ހިމަނުއްވާފަ ނެރުއްވާފައިވާ ފޮތް އިފްތިތާހު ކުރުން

ރައްޔިތުންނާއި ވާހަކަ ދެއްކެވުމަށް މުޅި ޖުމްލަ 1،913 މިނެޓް ހޭދަ ކުރައްވާފައިވެއެވެ. ފޮތުގައި ހިމެެނެނީ 953 ސަފްހާ އެވެ.

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި މި ފޮތުގައި ކޮންމެ ރަށަކަށް ވަޑައިގެން ރައީސް މުއިއްޒު ދެއްކެވި ހުރިހާ ވާހަކަފުޅުތައް އަކުުރުން އަކުރަށް ހިމަނާފައިވާނެ އެވެ. އަދި ރަށްރަށުގެ ފޮޓޯތައް ވެސް ހިިމަނާފައިވާނެ އެވެ.

މީގެ އިތުރުން ރަށްރަށާއި އަތޮޅުތަކާއި މުޅި ރާއްޖެ އަށް ހާއްސަކޮށް ވެވަޑައިގެންފައިވާ ހުރިހާ ވައުދުފުޅުތައް ހިމަނާފައިވެ އެވެ.

އިންތިހާބީ ރައީސް / ރައީސް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި ދެއްކެވި ވާހަކަފުޅުތަކާއި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ހިމަނުއްވާފަ ނެރުއްވާފައިވާ ފޮތް އިފްތިތާހު ކުރުން

ރައީސް މުއިއްޒު މިރޭ ވެސް ވިދާޅުވީ ރިޔާސީ ހުރިހާ ވައުދުތަކެއް ހިމަނުއްވާ އަދި ދެއްކެވި ހުރިހާ ވާހަކަފުޅެއް އަކުުރން އަކުރަށް ލިޔެ ފޮތެއް ގައި ޖަމާކުރީ އެއްވެސް ވައުދެއް / އެއްވެސް ވާހަކަފުޅެއް ފޮރުވާފައި ނުބާއްވަވަން ކަމަށެވެ. އަދި އެކަން ކުރެއްވީ ވެސް އެއްވެސް ކަމެއް ފޮރުވަން ބޭނުންފުޅު ނުވާތީ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.