ފެން ކުންފުނިން ފަލަސްތީނުގެ ރައްޔިތުންނަށް 500،000 ރުފިޔާ ދީފި

މިދިއަ އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ ޔަހޫދީން ގާޒާގައި ހިންގަމުން އަންނަ އުދުވާންތަކުގައި އެތައް ހާސް ކުޑަކުދިންނާއި ދެ ޖިންސުގެ މީހުން ވަނީ މަރާލާފަ އެވެ. އެތައް ބައެއްގެ ގެދޮރު ހަލާކުވެ، ވަނީ މަގުމަތިވެފަ އެވެ.

އިޒުރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވާން ރާއްޖޭގެ އެމްޑަބްލިޔުއެސްސީ / ފެން ކުންފުނިން 500،000ރ. ގެ އެހީއެއް ދީފި އެވެ.

އެ ކުންފުނިން ބުނިގޮތުގައި އެއީ އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންގެ ތެރޭން މިހާރުން މިހާރަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދިން އެހީއެއް ކަމަށެވެ.  

"ފަލަސްތީނުގެ ރައްޔިތުންނަށް 500،000 ރުފިޔާގެ އެހީއެއް ހަދިޔާ ކުރުމަކީ ލިބުނު ޝަރަފެއް. އަދި މިއީ ފަލަސްތީނުގެ ރައްޔިތުންނާއެކު އަޅުގަނޑު ސާބިތު ކަމާއެކު ދެމި ތިބި ކަމުގެ ރަމްޒީ ހެއްކެއް،" އެމްޑަބްލިޔުއެސްސީން ބުންޏެވެ.

މިދިއަ އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ ޔަހޫދީން ގާޒާގައި ހިންގަމުން އަންނަ އުދުވާންތަކުގައި އެތައް ހާސް ކުޑަކުދިންނާއި ދެ ޖިންސުގެ މީހުން ވަނީ މަރާލާފަ އެވެ. އެތައް ބައެއްގެ ގެދޮރު ހަލާކުވެ، ވަނީ މަގުމަތިވެފަ އެވެ. 

އިޒްރޭލުގެ ހަމަލާތަކުގައި މަރާލާފައިވާ ފަލަސްތީން މީހުންގެ އަދަދު މިހާރު ވަނީ 11,200 އަށް އަރާފަ އެވެ. ޒަޚަމް ކޮށްލާފައިވާ މީހުންގެ އަދަދު 29,000 އަރާއިރު، ގާޒާގެ ގެދޮރާއި އެހެން އިމާރާތްތަކުގެ 45 ޕަސެންޓް މިހާރު ވަނީ ބިމާ ހަމަކޮށްލާފަ އެވެ.

ފަލަސްތީންގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގެ އެކި ރަށްރަށުގައި ދަނީ ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.