ޖޭއެސްސީ މެމްބަރު ކަމަށް އަސްލަމް އައްޔަނުކުރައްވައިފި

މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވުން، ޖޭއެސްސީގެ މެމްބަރުގެ މަގާމުން ވަކިވާނެ އެވެ. ނަޝީދުގެ ހިދުމަތް ފާހަގަކުރައްވައި ޖޭއެސްސީން ވަނީ ޝުކުރުގެ ޕޯސްޓެއް ވެސް ކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖޭއެސްސީގެ މެމްބަރު ކަމަށް، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަން އައްޔަނުކުރައްވަނީ --

ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އައްޔަނުކުރައްވައިފި އެވެ.

ޖޭއެސްސީގެ މެމްބަރު ކަމަށް އަސްލަމް އައްޔަނުކުރައްވާފައި ވަނީ އެ ކޮމިޝަންގެ މެމްބަރުންގެ ތެރޭގައި މަޖިލީހުގެ ރައީސް ހިމެނޭތީ އެވެ. އަސްލަމް އައްޔަނު ކުރައްވާފައި ވަނީ ކުރިން މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު، އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ޖޭއެސްސީގެ މެމްބަރު ކަމަށް މިއަދު އަސްލަމް އައްޔަނުކުރައްވާފައި ވަނީ ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އަސްލަމް ވަނީ ކޮމިޝަންގެ މެމްބަރު ކަމުގެ ހުވާ ކުރައްވާފަ އެވެ. ހުވާ ލައްދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވުން، ޖޭއެސްސީގެ މެމްބަރުގެ މަގާމުން ވަކިވާނެ އެވެ. ނަޝީދުގެ ހިދުމަތް ފާހަގަކުރައްވައި ޖޭއެސްސީން ވަނީ ޝުކުރުގެ ޕޯސްޓެއް ވެސް ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.