ވިއްކަން ހުޅުވާލި ޓީބިލްގައި އެންމެ ބޮޑު އަދަދެއް ހިމެނެނީ އެއް މަސް ދުވަހުން އަނބުރާ ދައްކަން ޖެހޭ ދެ ބިލިއަން ރުފިޔާގެ ޓީބިލް އެކެވެ.
ދައުރު ނިމެން ދެ ދުވަހަށް ވެފައިވަނިކޮށް އެއް ފަހަރާ ފަސް ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީބިލް) ވިއްކަން ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއް ފަހަރު ހިންގާ ޓީބިލް ވިއްކުމުގެ އިއުލާނު ސިލްސިލާގެ އިއުލާނެއް މި ހަފުތާގައި ވިއްކަން ހުޅުވާލި ޓީބިލްގެ އަދަދު ފަސް ބިލިއަން ރުފިޔާއަށްވުރެ މައްޗެވެ.
މިފަހަރު ވިއްކަން ހުޅުވާލި ޓީބިލްގައި އެންމެ ބޮޑު އަދަދެއް ހިމެނެނީ އެއް މަސް ދުވަހުން އަނބުރާ ދައްކަން ޖެހޭ ދެ ބިލިއަން ރުފިޔާ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖުލައި މަހުގެ ޓީބިލްގެ އައުޓްސްޓޭޑިން ނުވަތަ މި ދަރަނި ނަގައި ނުދައްކާ ހުރި އަދަދު 38.34 ބިލިއަން ރުފިޔާ އަށް އަރަ އެވެ.
ކުއާޓާ ވަކިން ބަލާނަމަ މި އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް މި އަދަދު އުޅެނީ 40.01 ބިލިއަން ރުފިޔާގަ އެވެ. ސަރުކާރުން ވަނީ މި އަހަރު ޑޮމެސްޓިކް ފައިނޭންސިންގެ ގޮތުގައި ޖުމްލަ 3.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފަ އެވެ.