އަދީބާއި ޒިޔަތު މިނިވަން ކުރުން ބަލައެއް ނުގަނެވޭނެ: އަދާލަތު

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އެއީ އޮކްޓޫބަރު 5، 2020 ގައެވެ. ޒިޔަތުގެ މައްޗަށް ދައުލަތުން 32 ދައުވާއެއް އުފުލި އެވެ.

އިމްރާން އަބްދުﷲ (ކ) ރައީސް ސޯލިހް (މ) އަދި ނާއިބު ރައީސް ފައިސަލް ނަސީމް

ދައުލަތުގެ މުދަލަށް ބޮޑެތި ހިޔާނާތް ވީ ކަމަށް އަމިއްލަ އަށް އިއުތިރާފްވެ އެކަމުގެ ކުށް ސާބިތުވެފައިވާ ފަރާތްތަކަށް ހައްގު އަދަބު ނުލިބި ދިޔުމަކީ އަދާލަތު ޕާޓީ އިން ބަލައިގަންނަ ކަމެއް ނޫން ކަމަށް ބުނެފި އެވެ.

އެ ޕާޓީން އެހެން ބުނެފައި ވަނީ އެކްސް ގައި މިއަދު ކުރި ޕޯސްޓެއް ގައެވެ. 

"ދައުލަތުގެ މުދަލަށް ބޮޑެތި ޚިޔާނާތް ވީކަމަށް އަމިއްލައަށް އިއުތިރާފްވެ އެކަމުގެ ކުށް ސާބިތުވެފައިވާ ފަރާތްތަކަށް ހަަަައްގު އަދަބު ނުލިބި ދިޔުމަކީ މި ޕާޓީއިން ބަލައިގަންނަ ކަމެއް ނޫން،" އަދާލަތުގެ ޕޯސްޓް ގަައި ބުނެފައިވެ އެވެ.

އެ ޕާޓީން އެެހެން ބުނެފައި ވަނީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ޖަލު ހުކުމް ލުއިކޮށްދިނުމުން އެ ދެ ބޭފުޅުން އިއްޔެ މިނިވަން ވުމާއި ގުޅިގެންނެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އެއީ އޮކްޓޫބަރު 5، 2020 ގައެވެ. ޒިޔަތުގެ މައްޗަށް ދައުލަތުން 32 ދައުވާއެއް އުފުލި އެވެ. އެ ދައުވާތައް ސާބިތުވެ 11 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވެއެވެ.

މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރާއި އިހްތިޔާރުގެ ދަށުން އަހްމަދު އަދީބާއި އަހްމަދު ޒިޔަތުގެ ޖަލު ހުކުމްގެ މުއްދަތު ރައީސް ސޯލިހް ވަނީ ކުރުކުރައްވާފައެވެ. އެއާއެކު އިއްޔެ އެ ދެ ބޭފުޅުން ވަނީ މިނިވަންވެފަައެވެ.

މި ދެ ބޭފުޅުން މިނިވަންވެވަޑައިގެންނެވިއިރު ވެސް ހުންނެވީ ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.