އެފްކޮންސްގެ ޖޫރިމަނާ މާފު ނުކުރަން މިނިސްޓްރީން ނިންމައިފި

"މި ފައިސާ ވިލިމާލޭ ފަރަށް ލިބުނު ގެއްލުންތައް ރަނގަޅު ކުރުމަށާއި އަދި މިފަދަ މަސައްކަތައް ކުރުމަށް އީޕީއޭގެ ގާބިލުކަން އިތުރު ކުރުމަށް ބޭނުން ކުރުމަށް ވަނީ ނިންމާފަ،"

ވިލިމާލޭ ފަރަށް އެރި ޕްލެޓްފޯމް --

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަންއިންޑިއާގެ އެފްކޮންސް ކުންފުނިން ވިލިމާލެ ފަރު ކައިރީ ބޭއްވި ހެދި ޕްލެޓްފޯމް ފަރަށް އަރައި އެ ފަރަށް ލިބުނު ގެއްލުންތަކާ ގުޅުވައިގެން އެ ކުންފުނި ކުރި ޖޫރިމަނާއަށް ބަދަލެއް ގެންނާންޖެހޭ ސަބަބެއް ނެތް ކަމަށް އެންވަރަންމެންޓް މިނިސްޓްރީ އިން މިއަދު ނިންމައިފި އެވެ. 

ޕްލެޜްފޯމް ގުޅިގެން އެ ފަރަށް ލިބިފައިވާ ގެއްލުންތައް --

ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ވިލިމާލެ ފަރަށް ލިބިފައިވާ ގެއްލުންތަކާ ހެދި އެފްކޮންސް ޖޫރިމަނާ ކުރީ 69.4 މިލިއަން ރުފިޔާ އިންނެވެ. އެ ޖޫރިމަނާގެ މައްސަލަ އެ ކުންފުނީގެ ފަރާތުން އިސްތިއުނާފް ކުރި އެވެ. އަދި އެކުންފުނިން ވަނީ މިނިސްޓަރަށް ސިޓީއަކުން ވެސް އެ ޖޫރިމަނާ އިސްތިއުނާފް ކޮށްފަ އެވެ. 

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިގޮތަށް ނިންމާފައިވަނީ ބޯޓުގެ ވެރިފަރާތުން 2022 ވަނަ އަހަރުގެ ޑިސެމްބަރު ހަތް ވަނަ ދުވަހު އީޕީއޭގެ ނިންމުން މިނިސްޓަރަށް އިސްތިއުނާފް ކުރުމާ ގުޅުވައިގެން އެ މައްސަލަ ދިރާސާ ކުރުމަށްފަހު ކަމަށެވެ. އަދި މި މައްސަލަ ދިރާސާކޮށް މިނިސްޓްރީގެ ލީގަލް ޓީމުން ތައްޔާރުކުރި ރިޕޯޓް ނިންމާފައި ވަނީ 23 ޖެނުއަރީ 2023 ގައި ކަމަށެވެ. 

މައްސަލައިގައި ގޮތެއް ނިންމުމަށް މެރިޓައިމް ދާއިރާގެ ފަންނީ ލަފާ ހޯދަން އެ ރިޕޯޓުގައި ލަފާ ދީފައި ވާތީ ފަންނީ ލަފާ ހޯދުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސެންޓާ ފޯ މެރިޓައިމް ސްޓްޑީޒް އަށް 11 މެއި 2023 ގައި ވަނީ ފޮނުވާފަ އެވެ.
އެ މުއައްސަސާ އިން މައްސަލަ ދިރާސާ ކުރުމަށް ފަހު، އެ މުއައްސަސާއަށް ފެންނަ ގޮތުގެ ރިޕޯޓް މިނިސްޓްރީއަށް ފުނުވާފައި ވަނީ 23 ޖުލައި 2023 ގަ އެވެ.

"މި މައްސަލަ މިނިސްޓްރީން ބެލުމުން ފާހަގަ ކުރެވުނު ގޮތުގައި ނަގަން ޖެހޭ ކޮންޓްރޯލް މެޝާސް ތަކާ އެކު އުޅަނދު ފަރަށް އެރި ހާދިސާ އިން ރައްކާތެރިވުމުގެ ފުރުސަތު މަސައްކަތުގެ ކޮންޓެކްޓަރަށް އޮތް. އެހެންކަމުން މި މައްސަލައިގައި އީޕީއޭ އިން ކަނޑައަޅާފައިވާ ޖޫރިމަނާކޮށް މުރާކޮށް ބަދަލެއް ގެންންޖެހޭ ސަބަބެއް ނެތްކަން ފާހަގަ ވޭ،" ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނީ މިގޮތަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާ، ނުވަތަ އެ ފައިސާ އިން ބައެއް ތިމާވެއްޓަށް ލިބޭ ގެއްލުން އިއާދަ ކުރުމަށް ހޭދަ ކުރުމަށް އެ އިދާރާއަށް ލިބުމަކީ މުހިއްމު ކަމެއް ކަމުގައި ސަރުކާރުން ދެކޭ ކަމަށެވެ. އެހެންވެ، މި މައްސަލައިގެ ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާ އިން 15 މިލިއަށް ރުފިޔާ އީޕީއޭގެ "އެންވަޔަރަންމެންޓް ރެސްޓްރޯޝަން ފަންޑް" އަށް ޖަމާކުރުމަށް ނިންމާފައިވާ ކަމަށެވެ.

"މި ފައިސާ ވިލިމާލޭ ފަރަށް ލިބުނު ގެއްލުންތައް ރަނގަޅު ކުރުމަށާއި އަދި މިފަދަ މަސައްކަތައް ކުރުމަށް އީޕީއޭގެ ގާބިލުކަން އިތުރު ކުރުމަށް ބޭނުން ކުރުމަށް ވަނީ ނިންމާފަ،"

ބުރިޖު އެޅުމަށް އިންޑިއާގެ އެފްކޮންސް ކުންފުނިން ބޭނުން ކުރި ޕްލެޓްފޯމް ފަރަށް އެރީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު އެވެ. ހާދިސާގައި ތިން މީހަކަށް އަނިޔާވެސްވި އެވެ. އެ ޕްލެޓް ފޯމް ނަގާފައިވަނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.