މަގޫދޫ އެއާޕޯޓް ރީޖަނަލް އެއާޕޯޓާ ހަވާލުކޮށްފި

ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ އަންނަ އަހަރުގެ ޖެނުވަރީ މަހުގެ ތެރޭގައި އެއާޕޯޓް އޮޕަރޭޓް ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.

މަގޫދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އާރްއޭސީއެލް

ފ. މަގޫދޫގައި ތަރައްގީ ކުރަމުންދާ އެއާޕޯޓް، ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓް ކުންފުނި (އާރްއޭސީއެލް) އިން ބުނީ ފޮނޭންސް މިނިސްޓްރީއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، އެއާޕޯޓް ހިންގުމުގެ ހުރިހާ ބާރުތަކެއް އެ ކުންފުންޏަށް މިހާރު ލިބިފައިވާ ކަމަށެވެ.

މިއީ ސަރުކާރުން 230 މިލިއަން ރުފިޔާ ހަރަދުކޮށްގެން މަގޫދޫގައި ތަރައްގީ ކުރަމުންދާ އެއާޕޯޓެކެވެ. 

ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ އަންނަ އަހަރުގެ ޖެނުވަރީ މަހުގެ ތެރޭގައި އެއާޕޯޓް އޮޕަރޭޓް ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ. 

  •  1800 މީޓަރަށް ރަންވޭ ބޮޑުކުރާނެ
  •  ޖެޓްތައް ފާކުކުރާ ސަރަހައްދެއް ހަދާނެ
  •  ޖެޓް ފިއުލް ފާމެއް ތަރައްގީކުރާނެ
  •  ޖެޓް ކްރޫން މަޑުކުރާނެ ހޮޓަލެއް ގާއިމްކުރާނެ
  •  ފަޔާ ބިލްޑިން މަސައްކަތް ނިމިފައި
  •  ޕެސެންޖާ ޓާމިލް ސްޓްރަކްޗާގެ މަސައްކަތް ނިމިފައި
މަގޫދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އާރްއޭސީއެލް

އާރްއޭސީއެލް އިން ބުނީ ޖެޓްތައް ޕާކުކުރާނެ ސަރަހައްދާއި، ޖެޓް ފިއުލް ފާމުގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށެވެ. އެޔާއެކު މަގޫދޫ އެއާޕޯޓް ވެގެން ދާނީ ރާއްޖޭގައި އޮތް އެންމެ ފުރިހަމަ އެއާޕޯޓަށް ކަމަށް އެކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނާ ގޮތުގައި، މ. މުލީގައި ތަރައްގީ ކުރަމުންދާ އެއާޕޯޓް ވެސް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ނިމި ހިދުމަތް ދެވެން ފެށޭވަރު ވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.