ޕީއެސްއެމްގެ އެމްޑީއަކީ ޒީނާ ޒާހިރު

ރޭ ނޫސްވެރިންނާއެކު އިންތިހާބީ ރައީސް / ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޕީއެސްމްގެ އެމްޑީއަކަށް ވެވަޑައިގަންނަވާނީ އަންހެން ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ.

ޒީނާ ޒާހިރު

އާ ސަރުކާރުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޒީނާ ޒާހިރު އައްޔަން ކުރަން ނިންމައިފި އެވެ.  

ޒީނާ ޒާހުރަކީ ކުރިން ބައެއް ނޫސްތަކާއި ޓީވީ ޗެނަލްތަކުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ބްރޯޑްކޮމްގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޒީނާއަކީ މިހާރު ވެސް ލައިފް ސްޓައިލް އޮންލައިން މެގަޒިންއެއް "ޒީ ޓައިމްސް" ގެ ނަމުގައި ހިންގަވާ ބޭފުޅެކެވެ.

ގދ. ގައްދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ޒީނާ ކަން ވަނީ ކަށަވަރުވެފަ އެވެ. ޒީނާއަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ހާސިލް ކުރައްވައިފައިވާ ބޭފުޅެކެވެ.

ރޭ ނޫސްވެރިންނާއެކު އިންތިހާބީ ރައީސް / ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޕީއެސްމްގެ އެމްޑީއަކަށް ވެވަޑައިގަންނަވާނީ އަންހެން ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ.

"މި ފަހަރު ވެގެން ދާނީ ދައުލަތުގެ މީޑިއާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރަކަށް ވެސް ވަޑައިގަންނަވާނީ އަންހެން ބޭފުޅެއް. މި ތަނުގައި އެ ބޭފުޅާ އެބަ އިންނެވި." ރައީސް މުއިއްޒު ރޭ ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.