އެންމެފަހުން ބިދޭސީންގެ މިނިމަމް ވޭޖު ފަސްކުރަން އިސްލާހު ލައިފި

މިނިވަން ވޭޖްގެ ގާނޫނު ހެދި އިރުވެސް ބިދޭސީންނަށް މިނިމަމް ވޭޖް ދިނުން ފަސް ކުރަން ރާއްޖޭގެ އިގްތިސޯދީ މާހިރުން ސަރުކާރަށް ލާފަ އަރުވަމުން ދިޔަ އެވެ. އަދި ކުންފުނިތަކުން އެކަން ފާހަގަކޮށް ކަންބޮޑުވުން ވެސް ފާޅު ކުރި އެވެ. ނަމަވެސް އޭރު އަޅައި ނުލައި ބިދޭސީންގެ ސުންގަޑި ވެސް ހިމަނައިގެން ގާނޫނު ފާސް ކުރީ އެވެ.

ފިލައިގެން އުޅޭ ބިދޭސީން އިމަށް ވައްދަން ހިނގި ޕްރޮގްރާމްގައި ބަޔަކު ރަޖިސްޓަރީވާން ގަލޮޅު ދަނޑަށް ޖަމާވެފައި -- މިހާރު ނޫހުގެ ފޮޓޯއެއް

ރާއްޖޭގެ މިނިމަމް ވޭޖްގެ ދާއިރާތަކާއި މިނިމަމް ވޭޖް

  •  ސިވިލް ސާވިސް: މަހަކު 7،000ރ.
  •  ކުދި ވިޔަފާރިތަކަށް: މަހަކު 4،500 ރ.
  •  މެދު ފަންތީގެ ވިޔަފާރިތަކަށް: މަހަކު 7،000 ރ.
  •  ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8،000 ރ.

ރާއްޖޭގެ މަސައްކަތު އާބާދީގައި ހިމެނޭ ބިދޭސީންނަށް މިނިމަމް ވޭޖުގެ މުސާރަ ދޭން ފެށުން ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ މުއްދަތު ފަސް ކުރަން ސަރުކާރުން އެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ. އިސްލާހުގެ ބިލު ހުށަ ހަޅައި ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފަ އެވެ.

މިނިވަން ވޭޖްގެ ގާނޫނު ހެދި އިރުވެސް ބިދޭސީންނަށް މިނިމަމް ވޭޖް ދިނުން ފަސް ކުރަން ރާއްޖޭގެ އިގްތިސޯދީ މާހިރުން ސަރުކާރަށް ލާފަ އަރުވަމުން ދިޔަ އެވެ. އަދި ކުންފުނިތަކުން އެކަން ފާހަގަކޮށް ކަންބޮޑުވުން ވެސް ފާޅު ކުރި އެވެ. ނަމަވެސް އޭރު އަޅައި ނުލައި ބިދޭސީންގެ ސުންގަޑި ވެސް ހިމަނައިގެން ގާނޫނު ފާސް ކުރީ އެވެ.

އިސްލާހު ވެއްދީ ވަޒީފާ އާ ބެހޭ ގާނޫނުގެ 62 ވަނަ މާއްދާގެ އަކުރު (ކ) އަށެވެ. އެ އިސްލާހުގައި ބުނާ ގޮތުން ބިދޭސީއެއް ނަމަ މިނިމަމް ވޭޖް ދޭން ޖެހޭނީ ރާއްޖޭގެ އިގްތިސާދީ ހާލަތަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާޔަތްކޮށް، އެޑްވައިޒަރީ ބޯޑުން ދޭ ލަފާގެ މަތިން ސަރުކާރުން ކަނޑައަޅާ ތާރީހެއްގަ އެވެ.

މި އިސްލާހު ވެއްދި އިރު ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށް މިނިމަމް ވޭޖު ދިނުން މަޖުބޫރު ކުރީ 2020 ވަނަ އަހަރުގަ އެވެ. އަމަލު ކުރަން ފެށީ ޖެނުއަރީ 1، 2021 ގަ އެވެ. ގާނޫނު ބުނާ ގޮތުން ބިދޭސީއެއް ނަމަ ސަރުކާރުން ކަނޑައަޅާ މިނިމަމް ވޭޖަށް އަމަލު ކުރަން ޖެހޭނީ އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ދެ އަހަރު ފަހުންނެވެ.

ސަރުކާރުން މިހާރު ބޭނުން ވަނީ ދުނިޔެ އަށް ދިމާވެފައިވާ އިގްތިސޯދީ ދަތީގެ ސަބަބުން ރާއްޖެއަށް ވެސް ނޭދެވޭ އަސަރު ކުރާތީ ބިދޭސީ މުވައްޒަފުންނަށް މިނިމަމް ވޭޖުގައި މުސާރަ ދޭން އޮތް ގާނޫނީ މުއްދަތު ފަސް ކުރާށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.