މަޖިލީހުގެ ރައީސަކަށް ވަޑައިގަންނަވާނީ ކޮން ބޭފުޅެއް؟

ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި ދެ ބޭފުޅުން ގެންދަވަނީ އެމްޑީޕީގެ މެންބަރުންނާއި އެހެން ޕާޓީތަކުގެ މެންބަރުންގެ ތާއީދު ހޯދުމަަށް މަސައްކަތް ކުރަމުންނެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް: މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަށް މި ދެ ބޭފުޅުން މަސައްކަތް ކުރައްވާ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ބޭފުޅަކަށް އިންތިހާބު ކުރުމަށް މިރޭ މަޖިލީހުގެ އިތުރު ޖަލްސާ އެއް ބާއްވާނެ އެވެ. ޖަލްސާ އޮތީ 10:00 ގައެވެ.

މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަންނަވާނީ މެޖޯރިޓީ އޮތް އެމްޑީޕީން ބޭނުންވާ ބޭފުޅެކެވެ. އެ ޕާޓީން ދެ ބޭފުޅަކު ވަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެ ކެމްޕެއިން ވެސް އެބަ ހިނގައެވެ.

އެއީ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އެ ދެ ބޭފުޅުން ގެންދަވަނީ އެމްޑީޕީގެ މެންބަރުންނާއި އެހެން ޕާޓީތަކުގެ މެންބަރުންގެ ތާއީދު ހޯދުމަަށް މަސައްކަތް ކުރަމުންނެވެ.

މެޖޯރިޓީ އޮތް އެމްޑީޕީ ގައި 55 މެންބަރުން އެބަ ތިއްބެވި އެވެ. މައިނޯރިޓީ ޕާޓީ އަކީ އެމްޑީޕީން ވަކިވެވަޑައިގެން މެންބަރުން އުފެއްދެވި ދަ ޑިމޮކްރެޓްސް އަށެވެ. އެ ޕާޓީގައި 13 މެންބަރުން ތިއްބައެވެ. ޕީޕީއެމްގައި ފަސް މެންބަރުން އަދި ޕީއެންސީ ގައި ތިން މެންބަރުން އަދި އެމްއެންޕީ ގައި ތިން މެންބަރުންނެވެ. ޖުމްހޫރީ ޕާޓީއާ އެމްޑީއޭ ގައި ކޮންމެ ޕާޓީ އެއްގައި ދެ މެންބަރުން ހިމެނެ އެވެ. ވަކި ޕާޓީ އަކަށް ނިސްބަތް ނުވާ ދެ މެންބަރަކު ވެސް ހިމެނެ އެވެ.

އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވީ މަޖިލީހުގެ ރައީސަކަށް ދެން ވަޑައިގަންނަވާނީ ޕީޖީ ލީޑަރު އަސްލަމް ކަމަށެވެ. ބައެއް މެންބަރުން ވިދާޅުވީ މެންބަރު ސަލީމް ކަމަށެވެ.

ބެލެވޭ ގޮތުން މިރޭގެ ވޯޓް ވަރަށް ވާދަވެރި ވާނެ އެވެ.

މަޖިލީހުގެ ރައީސަކަށް ބޭފުޅަކު އިންތިހާބު ކުރާނީ މެންބަރުންގެ ސިއްރު ވޯޓަކުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.