އީވާގެ އިއުލާނު ކުރުމާ ދެކޮޅަށް މިއަދު ހަވީރު އިތުރު ޖަލްސާ އެެއް ބާއްވަނީ

މަޖިލީހުގެ އިދާރާ އިން ދެންމެ އާންމު ކުރި މިއަދުގެ ހަވީރުގެ ޖަލްސާގެ އެޖެންޑާ ގައި ވެސް ރައީސް ނަޝީދުގެ އިތުބާރުގެ މައްސަލަ ކުރިއަށް ގެންދެވުމެވެ.

މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ، ނާއިބު ރައީސް އީވާ އަބްދުﷲ ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ވެސް ފުރިހަމައަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމާލާފައި ވަނިކޮށް މިއަދު ހަވީރު އިތުރު ޖަލްސާ އެއް ބާއްވަން މަޖިލީހުގެ އިދާރާ އިން ނިންމައިފި އެވެ.

މިއަދަށް ދެ ޖަލްސާ އެއް ބޭއްވުމަށް އެޖެންޑާ ކުރި އެވެ. ފުރަތަމަ އޮތީ ސަޕްލިމަންޓަރީ ބަޖެޓާއި 2024 ވަނަ އަހަރުގެ ބަޖެޓް ހުށައެޅުމަށް ހާއްސަ ޖަލްސާ އެކެވެ. ނަމަވެސް މިނިސްޓަރު އަމީރު އާލާސްކަންފުޅާ އުޅުއްވާތީ ޖަލްސާ ބޭއްވޭ ގޮތް ނުވީ އެވެ. ދެވަަނަ ޖަލްސާ އަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލައާ ގުޅިގެން ގޮތް ނިންމަން ހާއްސަ ކުރި ޖަލްސާ އެކެވެ.

އެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ނާއިބު ރައީސް އީވާ އަބްދުﷲ އެވެ. އިތުބާރުގެ މައްސަލަ ކުރިއަށް ގެންދަން ޑިމޮކްރެޓުން ފުރުސަތު ނުދީ ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުުރުމުން އީވާ ވަނީ މެންބަރު އިލްޔާސް ލަބީބުގެ ނަން އިއްވާ ޖަލްސާ މެދުކަނޑާލާފައެވެ. އަދި ފަހުން ޖަލްސާ ފައްޓަވާ މާރާމާރީ ހިންގެވި ކަމަށް ވިދާޅުވެ އަލުން ޖަލްސާ މެދުކަނޑާލެއްވި އެވެ.

އޭގެ ފަހުން އީވާ ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައްވާ ކަން އިއުލާނު ކުރައްވާފައެވެ. އަދި ވިދާޅުވީ މާދަމާ ވެސް ޖަލްސާ ބާއްވަވާނެ ކަމަށެވެ.

ނަމަވެސް އެމްޑީޕީ މެންބަރުން ވަނީ އިހުތިޖާޖުކޮށް މިއަދު އިތުރު ޖަލްސާއެއް ބާއްވާ ނަޝީދުގެ މައްސަލަ ނިންމަން ޖެހޭބެ ކަމަށް ބުނެ އިހުތިޖާޖު ކޮށްފައެވެ.

މަޖިލީހުގެ އިދާރާ އިން ދެންމެ ބުނީ މިއަދު ހަވީރު 4:00 ގައި އިތުރު ޖަލްސާ އެއް އޮންނާނެ ކަމަށެވެ. އެ ޖަލްސާ އޮންކަން ހާމަކޮށް އާންމު ކުރި ޖަލްސާގެ އެޖެންޑާ ގައި ވެސް އޮތީ ރައީސް ނަޝީދުގެ އިތުބާރުގެ މައްސަލަ ކުރިއަށް ގެންދެވުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.