ސާޖިދާ އެދިވަޑައިގަތީ މަގާމުގައި ހުންނެވުމަށް، ސީއެސްސީން ގޮތް ނިންމަނީ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަގާމުގައި މި ވަގުތު ހުންނެވި ސާޖިދާ އަކީ އެމްއެފްޑީއޭ ގައި މަަސައްކަތް ކުރައްވާތާ ވަރަށް ގިނަ ދުވަސްވެފައިވާ ބޭފުޅެކެވެ.

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު --

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، މިހާރު އަދާ ކުރައްވާ މަގާމުގައި ދެމި ހުންނަވަން ބޭނުންފުޅުވާތީ އެކަމުގެ ހުއްދައަށް އެދި ސިވިލްސާވިސް ކޮމިޝަނަށް ހުށައަޅުއްވައިފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަގާމުގައި މި ވަގުތު ހުންނެވި ސާޖިދާ އަކީ އެމްއެފްޑީއޭ ގައި މަަސައްކަތް ކުރައްވާތާ ވަރަށް ގިނަ ދުވަސްވެފައިވާ ބޭފުޅެކެވެ. އެކަމަނާ މިހާރު ހުންނެވި މަގާމަކީ ސިވިލްސާވިސްގެ އޮނިގަނޑުގެ ތެރޭގައި ހިމެނޭ މަގާމެކެވެ.

މީގެ ހަތަރު ދުވަސް ފަހުން އެކަމަނާގެ ފިރިކަލުން -- ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެވަޑައިގަންނަވާނެ އެވެ. އެ މަގާމާއި ހަވާލުވެވަޑައިގަތުމުން ފަސްޓް ލޭޑީ އަކަށް ވެވަޑައިގަންނަވާނީ ސާޖިދާ އެވެ. އެކަމަނާ އެދިވަޑައިގަންނަވަނީ ރައީސް މުއިއްޒުގެ ޒައާމަތުގައި ވެސް މިހާރު ހުންނެވި މަގާމުން ވަކިވެވަޑައިނުގެން ގައުމީ ހިދުމަތުގައި ހުންނެވުމަށެވެ.

އެހެން ކަމުން މިދިޔަ ހަފްތާގައި އެކަމަނާ ވަނީ އެކަމާމެދު ގޮތެއް ނިންމަވާ ދެއްވުން އެދި ސިވިލްސާވިސް ކޮމިޝަނަށް ހުށައަޅުއްވާފައެވެ. އެ ކޮމިޝަނުން ވެސް އެކަން ޔަގީން ކޮށްދީފައެވެ. އަދި ދެން އެންމެ އަވަހަށް ބާއްވާ ބައްދަލްވުމެއް ގައި އެކަމާ މެދު ގޮތް ނިންމާނެ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ނޮވެންބަރު 17 ގެ ކުރީން އެކަމާ މެދު ގޮތް ނިންމޭނެ ކަމަށް ނުބެލެވެ އެވެ.

ފަސްޓްލޭޑީގެ މަގާމަކީ ހާއްސަ ވަކި މަސްއޫލިއްޔަތެއް އޮތް މަގާމެއް ނޫނެވެ. އެެހެން ކަމުން ފަސްޓްލޭޑީ އަށް އެހެން ވަޒީފާ އެއް އަދާ ކުުރުމަށް ގާނޫނީ ގޮތުން ހުރަހެއް ނެތެވެ. ނަމަވެސް މީގެ ކުރީން އެހެން އެއްވެސް ފަސްޓްލޭޑީ އަކު ރިޔާސީ ދައުރުގެ ތެރޭގައި ސިވިލްސާވިސްގެ މަގާމެއް އަދާ ކުރައްވާފައެއް ނެތެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ ވަނީ ޔުނިސެފްގެ މަގާމެއް އަދާ ކުރައްވާފައެވެ. ފަސްޓްލޭޑީ އަކަށް ނަސްރީނާ އިބްރާހިމް ހުންނެވިއިރު އެކަމަނާ ވަނީ ޝީ ޖަމިއްޔާ އުފައްދަވާ ފުޅާ ދާއިރާ އެއްގައި އިޖްތިމާއީ ހިދުމަތުގަައި އުޅުއްވާފައެވެ. ފަސްޓްލޭޑީ އަކަށް އިލްހާމް ހުސައިން ހުންނެވިއިރު އެކަމަނާ ވަނީ އޯޓިޒަމް އެސޯސިއޭޝަނެއް އުފައްދަވާ އެ ދާއިރާ އިން ވަރަށް ފުޅާ ދާއިރާ އެއްގައި އިޖްތިމާއީ ހިދުމަތުގައި ހަރަކާތްތެރިވެވަޑައިގެންފައެވެ.

ކޮމެންޓް

2
450
ރެއްކަބޭ
6 months ago

މީގައިވާގޮތަކީ ކޮންފްލިކްޓް އޮފް އިންޓަރެސްޓްއޭ މިކިޔާއެތި އަންނާނެ މިނިސްޓަރަށްވުރެ ފަސްޓްލޭޑީގެ ބާރުގަދަވެ، މުޅި މިނިސްޓްރީއާއި ސަރުކާރުގެ އެހެން ވުޒާރާތައްވެސް ފަސްލޭޑީގެ ބާރުގެދަށްދިޔައިީމާ ވާނެގޮތް ވިސްނަވާ. ޑިމޮކްރެސީގެ އެންމެ ރިވެތިގޮތަކީ އަމިއްލައަށް އިސްތިއުފާދިނުން.

ައަލަމާ
5 months ago

ހެހެހެ ވަކި ނުވެ ވެސް ހުރެވިދާނެ މައްސަލައެއް ނެތް ކޮނމެ މީހަކު އެހާ ބާރެއް ނުފޯރުވަފާނެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.