ފިސްތޯލައެއް ފެނިގެން ދިވެއްސަކު ލަންކާ އެއާޕޯޓުން ހައްޔަރުކޮށްފި

ހައްޔަރު ކޮށްފައިވަނީ ތައިލެންޑްގެ ބެންކޮކުން ދަތުރުކޮށް ރާއްޖެއަށް އައުމަށް ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔައިރު ފޮށިތަންމަތިން ފިސްތޯލައެއް / ރިވޮލްވަރެއް ފެނިގެނެވެ.

ސްރީލަންކާގެ މައި އެއާޕޯޓުން ދިވެއްސަކު ހައްޔަރު ކޮށްފި އެވެ.  

ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓު (ބީއައިއޭ)  ދިވެހި އެމީހާ ހައްޔަރު ކޮށްފައި ވަނީ ރޭގެ ވަގުތެއްގައި އޭނާގެ އަތުން ފިސްތޯލެއް ފެނިގެނެވެ. 

ލަންކާގެ ނޫސްތައް ބުނާ ގޮތުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ ހައްޔަރު ކޮށްފައިވަނީ ތައިލެންޑްގެ ވެރިރަށް ބެންކޮކުން ދަތުރުކޮށް ސްރީލަންކާއަށް ފޭބުމަށް ފަހު ރާއްޖެއަށް އައުމަށް ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓްގައި އެނާގެ ފޮށިތަންމަތި ސްކޭން ކުރުމުގެ ތެރޭގައި ފިސްތޯލައެއް / ރިވޮލްވަރެއް ފެނިގެން ކަމަށެވެ.

ލަންކާގެ ފުހުން ގެންދަނީ މި މައްސަލަ ބަލައި އިތުރަށް ތަހުގީގު ކުރަމުންވެ. އިތުރު އެއްވެސް ތަފުސީލެއް އެ ގައުމުގެ ނޫހެއްހައި ވެސް ނެތެވެ.

މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރީއާ "މި" ނޫހުން ގުޅި ނަމަވެސް އެ މިނިސްޓަރީން ވާހަކައެއް ނުދެއްކި އެވެ. ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވެސް މައުލުމާތެއް ސާފެއް ނުވި އެވެ. 

ނަމަވެސް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރަށް ނެގުމަށްފަހު މިއަދު ކޯޓަށް ހާޒިރު ކުރާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.