ސެޕްޓެމްބަރު ބާޒާރު | އަގު އުފުލުނީ ތަރުކާރީ، ދަށްވީ ފޯނު ހިދުމަތް

މިދިޔަ ސެޕްޓެމްބަރު މަހު މުޅި ރާއްޖޭގެ އިންފްލޭޝަން ވަނީ 0.45 ޕަސެންޓު އުފުލިފަ އެވެ. މިއީ އޮގަސްޓްމަހާ އަޅާބަލާނަމަ 0.21 ޕަސެންޓުގެ އުފުލުމެކެވެ.

ބާޒާރުގައި ވިޔަފާރި ކުރަން ގޮސްހުރި މީހަކު : އަގުތަށް އުފުލުން މަތި -- މި

ރާއްޖޭގައި މުދަލުގެ އަގުތައް އުފުލޭ ހެއްޔެވެ؟ ނޫނީ ދަނީ ދަށަށް ހެއްޔެވެ؟ ސަރުކާރުން ބުނަނީ އަގު ބޮޑެއް ނުވެ އެވެ. އާއްމުން ބުނަނީ ނޫން، ހަމަ އަގު ބޮޑުވެ އެވެ. 

މިދިޔަ ސެޕްޓެމްބަރުގެ ސްޓެޓިސްޓިކްސްގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުގައި އެ މަހު އެންމެ ބޮޑަށް އަގުތަށް އުފުލިފައި ވަނީ ތަރުކާރީގެ ބާވަތްތަކުންނެވެ. އަދި އެންމެ ބޮޑަށް އަގުތައް ދަށްވެފައި ވަނީ ފޯނުގެ ހިދުމަތުންނެވެ.

ސީޕީއައި އިން ދައްކާ ގޮތުން ސެޕްޓެމްބަރު މަހު އަގުގައި ރާއްޖޭގެ އިންފްލޭޝަން ވަނި 0.45 ޕަސެންޓަށް އުފުލިފަ އެވެ. މިއީ އޯގަސްޓް މަހާ އަޅާބަލާނަމަ 0.21 ޕަސެންޓުގެ އިތުރު ވުމެކެވެ. 

ސެޕްޓެމްބަރު އަގު އުފުލުނު ދައިރާތަށް

 •  ތަރުކާރީ - 7.67 ޕަސެންޓް
 •  މޭވާ - 2.53 ޕަސެންޓް
 •  މެއިންޓެނަސް އެންޑް ރިޕެއާ - 3.70 ޕަސެންޓް
 •  ވައިގެ ޓިކެޓު - 1.60 ޕަސެންޓް
 •  ކާނާގެ ބާވަތްތަށް - 1.37 ޕަސެންޓް
 •  ރެސްޓޯރެންޓް ކެފޭގެ އަގު - 0.36 ޕަސެންޓް
 •  ވޯޓާ ސަޕްލައި - 0.55 ޕަސެންޓް

ސެޕްޓެމްބަރު މަހު އަގުތަށް އެންމެ ބޮޑަށް ވެއްޓިފައިވާ ކަމަށް ދައްކަނީ މޮބައިލް ކޮމިއުނިކޭޝަންގެ ބައިންނެވެ. މިބައިގެ އަގުތަށް ވަނީ 2.52 ޕަސެންޓް ވެއްޓިފަ އެވެ. މި ބައިގައި ހިމެނެނީ މޮބައިލް ޑޭޓާ އާއި ކޯލްތަކަށް ކުރާ ހަރަދުތަކެވެ. 

އަގުތައް ދަށްވި ބާވަތްތައް

 •  މޮބައިލް ކޮމިއުނިކޭޝަން - 2.52 ޕަސެންޓް
 •  ކަރަންޓުގެ އަގުތަށް - 0.61 ޕަސެންޓް
 •  ފަރުނީޗަރުގެ އަގުތަށް - 1.54 ޕަސެންޓް
 •  ބޭހުގެ އަގުތަށް - 1.24 ޕަސެންޓް
 •  ދުފަން ބޭނުންކުރާ ފޯށް - 1.64 ޕަސެންޓް
ސީޕީއައި ނަގާ ގޮތް - ސީޕީއައި ނަގާ ގޮތް - ސީޕީއައި ހިސާބު ކުރުމުގައި ބަލަނީ އާންމުކޮށް ގޭބީސީ އަކަށް ގަންނަ މުދާ އެއް ބާސްކެޓަކަށް އެޅުމަށް ފަހު، އެ ބާސްކެޓުގެ އަގަށް އެވްރެޖްކޮށް އަންނަ ބަދަލަށެވެ. މި ހިސާބު ޖެހުމުގައި ބޭނުންކުރާ މިންގަނޑު ބަދަލު ކުރަނީ ޒަމާނާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލާއެކު، މީހުންގެ އާންމު ހަރަދުތަކަށް އަންނަ ބަދަލުތައް ހިމެނުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.