ގައުމު ބިނާކުރުމުގައި ގައުމީ ފިކުރު އޮންނަން ޖެހޭ ކަމަށް ދެކެން: ނާޒިމް

އޭނާ ވިދާޅުވީ ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ބައިވެރިވުން އޮވެ، މުޅި ގައުމަށް ހެވާއި ލާބަ ލިބިގެންދާ ވެރިކަމުގެ ނިޒާމެއް ކަމަށާއި އަދި ގައުމުގެ ވެރިޔަކު ހޮވުމަށް ވެސް އެންމެ އިތުބާރު ކުރެވޭ، ނިޒާމު ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް --

ގައުމު ބިނާކުރުމުގައި ގައުމީ ފިކުރު އޮންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމުގައި އެމްއެންޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އަށާއި ދިވެހި ރައްޔިތުންނަށް އަރިސް ކުރައްވައި އާންމު ކުރެއްވި ވީޑިއޯ މެސެޖްގަ އެވެ. 

އޭނާ ވިދާޅުވީ ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ބައިވެރިވުން އޮވެ، މުޅި ގައުމަށް ހެވާއި ލާބަ ލިބިގެންދާ ވެރިކަމުގެ ނިޒާމެއް ކަމަށާއި އަދި ގައުމުގެ ވެރިޔަކު ހޮވުމަށް ވެސް އެންމެ އިތުބާރު ކުރެވޭ، ނިޒާމަކީ އެއީ ކަމުގައި ގަބޫލު ކުރައްވާ ކަމަށެވެ. 

ރައްޔިތުންގެ ތާއީދާއެކު ގައުމުގެ ވެރިޔަކު ހޮވުމަށް، ގާނޫނުން ރައްޔިތުންނަށް ތަނަވަސްކޮށްދީފައިވާ ފުރުސަތަކީ ގައުމުގެ ތަރައްގީއަށް އެ ރައްޔިތުން އެދޭ ބަދަލު ގެނައުމަށް އޮތް ވަރަށް ތަނަވަސް ފުރުސަތެއް ކަން ފާހަގަ ކުރައްވަމުން ނާޒިމް މެސެޖްގައި ވިދާޅުވީ ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ބައިވެރިވުން އޮވެމެ މުޅި ގައުމަށް ހެވާއި ލާބަ ލިބިގެންދާނެ ވެރިކަމުގެ ނިޒާމެއް ކަމަށެވެ.

ރާއްޖޭގެ ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. ދިވެހި ޖުމްހޫރިއްޔާއަށް މި އަހަރަށް މި ފުރުނީ 55 އަހަރު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.