މަހަށް ނުކުމެ އުޅުނު ދޯންޏެއް ބިނދިއްޖެ

ދޯނި ބިންދައިގެން ދާން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މިއީ ގއ. ގެމަނަފުށީ މަސް ދޯންޏެކެވެ.

ބިންދައިގެން ދިޔަ ދޯނީގެ ފޮޓޯއެއް -- ފޮޓޯ: ސޯޝަލް މީޑިއާ

އައްޑޫ ސިޓީގެ ހުޅަނގުން މަހަށް ނުކުމެ އުޅުނު ދޯންޏެއް ބިންދައިގެން ހިނގައްޖެ އެވެ.

ބިންދައިގެން ގޮސްފައި ވަނީ "އޯކިޑް 707" ނަމަކަށް ކިޔާ މަސް ދޯންޏެކެވެ. މި ހާދިސާ ހިނގާފައި ވަނީ އައްޑޫ ސިޓީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 25 ނޯޓިކަލް މޭރު މޭރުން މަހަށް ނުކުމެ އުޅެނިކޮށެވެ. ހާދިސާ ހިނގާފައި ވަނީ މިއަދުގެ ގާތްގަނޑަކަށް 11 ޖަހާކަށްހާއިރު އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ މި ހާދިސާގައި ދޯނީގެ ކުރީ ކޮޅާއި ފަހަތު ކޮޅު އެއްކޮށް ވަކިވެފައިވާ ކަމަށެވެ. ހާދިސާ ހިނގިއިރު ދޯނީގައި 10 ދިވެހިންނާއި 13 ބިދޭސީން ތިއްބެވެ. އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ. އެންމެންގެ ހާލު ރަގަޅެވެ.

އެމްއެންޑީއެފް އިން ބުނީ މިސަރަހައްދުގައި މިހާރު ކޯސްޓްގާޑުގެ ފާސްޓް އިންޓަސެޕްޓާ ކްރާފްޓް، "ދޮށިމޭނާ" ހަރަކާތްތެރިވަމުން ދާ ކަމަށާއި، އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި އެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ އެހެން ދޯނިފަހަރުން ވެސް ދަނީ މި ދޯންޏަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ދޯނި ބިންދައިގެން ދާން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މިއީ ގއ. ގެމަނަފުށީ މަސް ދޯންޏެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.