ނިމޭ ފަސް އަހަރު: ރިސޯޓަށް އިއުލާނު ކުރީ 51 ރަށް، ހަވާލު ކުރީ 8 ރަށް

ސަރުކާރު ރަސްމީ މައުލޫމާތު ތަކުން އެނގޭ ގޮތުގައި އެ ހަ ފަހަރު ރިސޯޓް ހަދަން ހުޅުވާލި ރަަށްތަކުގެ ތެރޭން ގިނަ ރަށްތަށް ތަކުރާރުކޮށް ވެސް އިއުލާނު ކޮށްފައި ވެއެވެ.

ރާއްޖޭގެ ރަށެއް : ރިސޯޓް ހަދަން ގިނަ ރަށްތަކެއް އިއުލާނު ކުރިނަމަވެސް ހަވާލުކުރެވުނީ މަދު ރަށެއް

މި ފަސް އަހަރު ވެގެން ދަނީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ރަށްތަކެއް ރިސޯޓް ހަދަން ނެރެން އިއުލާނުކުރި އަހަރަށެވެ. މި އަހަރު 50 އަށްވުރެ ރަށުގެ އިއުލާނު ހަ ފަހަރެއްގެ މަތިން ކޮށްފައި ވެއެވެ. މި މުއްދަތުގައި އިއުލާނުރި ރަށްތަކުގެ ތެރޭން ރިސޯޓް ހަދަން ހަވާލު ކުރެވުނީ އަށް ރަށެވެ. 

ސަރުކާރު ރަސްމީ މައުލޫމާތު ތަކުން އެނގޭ ގޮތުގައި އެ ހަ ފަހަރު ރިސޯޓް ހަދަން ހުޅުވާލި ރަަށްތަކުގެ ތެރޭން ގިނަ ރަށްތަށް ތަކުރާރުކޮށް ވެސް އިއުލާނު ކޮށްފައި ވެއެވެ. 

މި ސަރުކާރުން އެވޯޑްކުރި ރަށްތައް

  •  ހއ. ވެލިގަނޑު ހުރާ
  •  ފ. އެނބުލުފުށި
  •  ފ. ޖިންނަތު ގައު
  •  މ. ސީދީ ހުރާ އަދި ސީދީހުރާ ގައުގަނޑު
  •  ގއ، ކަނޑަހަލަ ގަލަ
  •  އދ، އަލިދުއްފަރު ފިނޮޅު
  •  ތ. އޮޅުފުށި (އޮޅުފުށި ފިނޮޅާއެކު )
  •  ހދ. މެދަފުށި

ސަރުކާރުން ރިސޯޓް ހަދަން ނެރުނު ރަަށްތަކުގެ ތެރޭން ހަތަރު ރިސޯޓެއްގެ މަސައްކަތް މިހާރު ގޮސްފައިވާ ގޮތުގެ އެއްވެސް މައުލޫމާތެއް ޓޫރިޒަމް މިނިސްޓްރީގައެއް ނެތެވެ. މި ރަށްތަކުގެ ތެރޭން ފ. އެނބުލުފުށީގެ އިނީޝިއަލް ވޯކް ޕްލޭން ކޮށްފައި ވަނީ މިދިޔަ އަހަރުގެ 11 ނޮވެމްބަރުގަ އެވެ. އަދި ފ. ޖިންނަތު ގައުގެ ޕްލޭން މިދިޔަ އަހަރުގެ 17 ނޮވެމްބަރުގައި އެޕްރޫވްކޮށް އެ ޕްލޭން މި އަހަރުގެ 27 ގައި ރިވައިސްކޮށް އަލުން ފާސް ކޮށްފައި ވެއެވެ. މި ރަށްތަކުގެ ތެރޭން އެންމެ ހަލުއިކޮށް ޕޭޕަރު މަސައްކަތް ކުރިއަށް ދަނީ ފ. އަތޮޅުގައި ހަދާ ދެ ރިސޯޓުގަ އެވެ. 

އެކުއިޒިޝަން ކޮސްޓް 13.4 މިލިއަން ޑޮލަރު

ސަރުކާރުން ހަވާލުކުރި އަށް ރަށުގެ ތެރޭން އެންމެ ބޮޑު އެކުއެޒިޝަން ފީއެއް ލިބިފައި ވަނީ 20، އެޕްރީލް 2022 ގައި އިއުލާނުކުރި ފ. އެނބުލުފުށިންނެވެ. މި ރަށްތަކުން އެކުއެޒިޝަން ފީގެ ގޮތުގައި ލިބިފައިވަނީ 3,6 މިލިއަން ޑޮލަރެވެ. މި ރިސޯޓުން ޓޫރިޒަމް ޓްރަސްޓް ފަންޑަށް ދޭން ހުށަހެޅީ 150,000 ޑޮލަރެވެ. މީގެތެރޭން ލިބިފައިވަނީ 75,000 ޑޮލަރެވެ. އަދި ދެވަނައަށް ވެސް ބޮޑު އެކުއެޒިޝަން ފީއެއް ލިބިފައިވަނީ 2,021,121 މިލިއަން ޑޮލަރު ސަރުކާރަށް ދެއްކި  ފ. ޖިންނަތުގައު އިންނެވެ. އެ ރަަށުން  ޓޫރިޒަމް ޓްރަސްޓް ފަންޑަށް 200,121 ޑޮލަރު ދައްކަން ހުށަހެޅިއިރު 100,060.50 ޑޮލަރު ދައްކާފައިވެ އެވެ. 

އިއުލާނުކޮށް އެވޯޑް ކުރި އަށް ރަަށްރަށުގެ ތެރޭން އެންމެ ކުޑަ އެކުއެޒިޝަން ފީއެއް ލިބިފައިވަނީ ހއ. ވެލިފިނޮޅުންނެވެ. އެ ރަށުން އެކުއެޒިޝަން ފީގެ ގޮތުގައި ލިބުނީ 610,000 ޑޮލަރެވެ. އަދި ޓޫރިޒަމް ޓްރަސްޓް ފަންޑަށް 110,000 ޑޮލަރު ދޭން ހުށަހަޅައި މިހާތަނަށް 55,000 ޑޮލަރު ދައްކާފައިވެ އެވެ. މި ފަސް އަހަރު އިއުލާނުކުރި ރަަށްތަށުގެ ތެރޭން ހއ. މެދަފުށްޓަށް ދެއްކުމަށް ހަމަޖެހިފައިވާ ފައިސާ އަދި ލިބިފައެއް ނުވެ އެވެ. 

މި ފައިސާ ދެއްކުމަށް ދެވިފައިވާ 60 ދުވަހުގެ މުއްދަތު ހަމަވަނީ 22 ޑިސެމްބަރު 2023 އަށެވެ. މި ރަށަށަށް އެކުއެޒިޝަން ފީގެ ގޮތުގައި ދޭން ހުށަހެޅީ 875,000 ޑޮލަރެވެ. މިހާތަނަށް ލިބިފައިވަނީ 25,000 ޑޮލަރެވެ. މި ހުރިހާ ރަަށަކުން އެކުއެޒިޝަން ފީގެ ގޮތުގައި ލިބިފައިވަނީ ޖުމްލަ 13.4 މިލިއަން ޑޮލަރު ނުވަތަ 200 މިލިއަން ރުފިޔާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.