ދިރާގާއި އުރީދޫއަށްފަހު ދިވެހިންނަށް ތަފާތު ހިދުމަތެއް | ސްޓާލިންކް

މި ހިދުމަތް ދެނީ އެކަމަށް ހާއްސަ ޑިވައިސެއް ބޭނުން ކޮށްގެން ސެޓެލައިޓް މެދުވެރިކޮށެވެ. މިއީ މިހާރުގެ އިންޓަނެޓަށް ވުރެ ހަލުވި ހިދުމަތަކަށް ވާނެ ކަމަށް ބެލިފައިވެ އެވެ.

ދިވެހިންނަށް ކުރިން އިންޓަނެޓު ލިބެނީ ހަމައެކަނި އުރީދޫ އާއި ދިރާގުން ދިނީއްޔާ އެވެ. އެކަމަކު މިހާރު ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް މި ދެ ކުންފުނިން ނުދިނަސް ލިބުމުގެ މަގު މިވަނީ ފަހިވެފަ އެވެ. އެއީ ބިލިއަނަރު އިލޮން މަސްކްގެ "ސްޓާލިންކް" އިން ރާއްޖެ އަށް އިންޓަނެޓު ދޫކުރުމެވެ. 

ސްޓާލިންކް އިންޓަނެޓް - ހިދުމަތަކީ ގާތްގަނޑަކަށް 200 އެމްބީޕީއެސްއާ ހަމައަށް ސްޕީޑުގައި ހިދުމަތް ލިބޭނެ ގޮތެކެވެ. މި އިންޓަނެޓު ހޯދަން ޖެހެނީ އެކަމަށް ހާއްސަ ޑިވައިސެއް ބޭރުން ގެނެސްގެނެވެ. މީގެ ޑިވައިސް ސްޓާލިންކުން ރާއްޖެއަށް ވިއްކަން ފަށާފައިވާއިރު މީގެ އަގަކީ ޝިޕިންއާއެކު ގާތްގަނޑަކަށް 10،300ރ. އެވެ.

މި ހިދުމަތް ރާއްޖެއަށް ދީފައި މިވަނީ މިދިޔަ އަހަރު ސްޕޭސް އެކްސް ކުންފުނިން ސެޓެލައިޓް ރާއްޖޭން ކުރި މަޝްވަރާ ތަކަށް ފަހު އެވެ. މިއީ ޖަޒީރާ ގައުމަކަށް މި ހިދުމަތް އެ ކުންފުނިން ދިން ފުރަތަމަ ފަހަރެވެ. 

ސްޓާލިންކް އިންޓަނެޓު ދިނުމާ ބެހޭ ގޮތުން ޓެކްނޮލޮޖީ މިނިސްޓަރު އައިޝަތު ޝައުނާ އެކްސް ގައި ވިދާޅުވީ ކުރިއަށް އޮތްތަނުގައި ސެޓެލައިޓް ޓެކްނޮލޮޖީއަށް ބަރޯސާވާން ޖެހޭނެ ކަމަށާ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމަކަށް ސްޓާލިންކުން ފޯރުކޮށްދެނީ ތަފާތު ހިދުމަތެއް ކަމަށެވެ. 

ރާއްޖޭގައި މި ހިދުމަތް ފަށަން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ލައިސަންސް ދީފައިވަނީ ސްޓާލިކްސް ސާވިސް މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. މި ކުންފުނި އުފައްދާފައިވަނީ 2، އޮގަސްޓް 2023 ގަ އެވެ. މި ކުންފުނީގެ ބޯޑުގައި ތިއްބަވަނީ ލޫރެން ޑޭޔާ ކިޔާ ބޭރު މީހަކާއި މަޝްހޫރު ލޯޔަރު ޝަހުދީ އަންނަވަރު އެވެ.  މި ކުންފުނިން ރާއްޖޭގައި ހިދުމަތް ދޭން ނަގާފައިވާ ހުއްދައިގެ ތެރޭގައި ސްޕޭސްއެކްސް ނެދަލެންޑަސް ބީވީ ނަކަމަށް ކިޔާނަމެއްވެސް ހިމެނެ އެވެ. 

ސްޓާލިންކް ހުއްދަ ދިނުމާ ހަމައަށް

  •  12، މެއި 2021 - ރާއްޖޭގައި ސްޓާލިންކް މަނާ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ސަރުކާރުން ބުނުން
  •  13، ފެބްރުއަރީ 2022 - ސްޓާލިންކް ފަށަން ސްޕޭސް އެކްސްއާއެކު މަޝްވަރާ ކުރުން
  •  7، މާރިޗު 2022 - ސްޓާލިންކް ފަށަން އިތުރަށް މަޝްވަރާ ކުރާ ކަމަށް ބުނި
  •  24. އޮކްޓޫބަރު 2023 - ކުންފުންޏެއް ހަދައި ލައިންސް ހަވާލު ކުުރުން

ރާއްޖޭގެ ހަތަރު ވަނަ އިންޓަނެޓު ޕްރޮވައިޑަރު

ސްޕޭސް އެކްސްއަށް ހިދުމަތް އިންޓަނެޓު ދޭން ލައިންސަސް ދިނުމާއެކު މިއީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދޭން ލައިންސް ދޭ ހަތަރު ވަނަ ކުންފުންޏެވެ. މި ހިދުމަތާއެކު އިންޓަނެޓުގެ ހިދުމަތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން އުންމީދު ކުރެ އެވެ. 

ސްޕޭސް އެކްސް / ސްޓާލިންކަށް ނަޒަރެއް - އެމެރިކާގެ ނުފޫޒުގަދަ ބިލިއަނަރު އަދި ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަރު އީލޮން މަސްކްގެ ސްޕޭސް އެކްސް ކުންފުނިން ސްޓާލިން އިންޓަނެޓުގެ ހިދުމަތް ދޭން 4،000 އަށްވުރެ ގިނަ ސެޓެލައިޓް ކައުނުގެ ތެރެއަށް އަރުވާފައިވެ އެވެ. މި ހިދުމަތް މިހާތަނަށް 40 އަށްވުރެ ގިނަ ގައުމުގައި ދެމުންދެ އެވެ. ރާއްޖެއަކީ މި ހިދުމަތްދޭން ލައިންސް ލިބުނު މި ސަރަަހައްދުގެ ފުރަތަމަ ގައުމެވެ. ސްޓާލިންކް އިންޓަނެޓު ހިދުމަތް ސިކުންތަކު 50-150 މެގަބިޓް ސްޕީޑުގައި ދޫކުރެ އެވެ. މި ސްޕީޑުގައި ދިން ނަމަވެސް ހިދުމަތް އެއްކޮށް ކެނޑޭ ވަގުތު ތަކެއް ވެސް ބައެއް ފަހަރު އާދެ އެވެ. މި ހިދުމަތް ލިބެނީ ހާއްސަ ޑިވައިސެއް މެދުވެރިކޮށެވެ.

ކޮމެންޓް

1
450
މަލް
8 months ago

އިންޓަނެޓް އަގުހެވާނެ ކަމަށް އުއްމީދު ކުރަން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.