އިންފްރާސްޓްރަކްޗާ އިންޑިއާގެ ދެވަނަ ކުންފުންޏަކަށް އެފްކޮންސް

ތިލާމާލެ ބްރިޖާއި އައްޑޫ ސީޓީގެ މަގުތަކުގެ މަސައްކަތާ ހަވާލުވެފައިވާ އިންޑިއާގެ އެފްކޮންސްއިން ރާއްޖޭގައި ކުރާ މަސައްކަތްތަކަށް ރާއްޖޭގައި ފާޑު ކިޔުން. ވަރަށް ބޮޑަށް އަމާޒުވެފައި އޮވެ އެވެ.

މަޖައްލާއަކުން ހެދި ސާވޭއެއްގައި އިންޑިއާގައި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރާ ކުންފުނިތަކުގެ ތެރެއިން އެ ގައުމުގައި ދެވަނަ އަށް އެންމެ ކުރި އަރާފައިވާ އަދި މަގުބޫލު ކުންފުންޏަކަށް އެފްކޮންސް ހޮވައިފި އެވެ. 

އިންޑިއާގެ ވަރަށް ވަރަށް މަޝަހޫރު މަޖައްލާއެއް ކަމަށްވާ "ކޮންސްޓްރަކްޝަން ވީކް" މަޖައްލާއިން އެންމެ މަގޫބުލު ރިއެލްއެސްޓޭޓް ކުންފުނިތަކާއި އިންފްރާސްޓްރަކްޗާ ކުންފުނިތައް ހޮވި އިރު، އިންފްރާ ކެޓަގަރީގައި ދެވަނަ ހޯދާފައި ވަނީ ރާއްޖޭގެ ތިލަމާލެ ބްރިޖް ޕްރޮޖެކްޓާއި އައްްޑޫގެ މަގުތައް ހެދުމުގެ މަސައްކަތާ ވެސް ހަވާލު ވެގެން އޮތް އެފްކޮންސް އެވެ. 
 
އެއްވަނައިގައި އޮތީ ލާސެން އެންޑް ޓާބޯ އެވެ. ތިން ވަނައިގައި ޓާޓާ ޕްރޮޖެކްޓްސް އެވެ. ހަތަރު ވަނައިގައި ޖީއެމްއާރް ކުންފުންޏެވެ. މީގެ ތެރެއިން ޓާޓާއަކީ މިހާރު ވެސް ރާއްޖޭގައި ޕްރޮޖްކެޓް ހިންގާ ބައެކެވެ. ޖީއެމްއާރްއަކީ ކުރީން ރާއްޖޭގެ އެއާޕޯޓު ހިން ކުންފުންޏެކެވެ.

ރާއްޖޭގައި އެފްކޮންސް އަށް ފާޑު ކިޔާ - ތިލާމާލެ ބްރިޖާއި އައްޑޫ ސީޓީގެ މަގުތަކުގެ މަސައްކަތާ ހަވާލުވެފައިވާ އިންޑިއާގެ އެފްކޮންސްއިން ރާއްޖޭގައި ކުރާ މަސައްކަތްތަކަށް ރާއްޖޭގައި ފާޑު ކިޔުން. ވަރަށް ބޮޑަށް އަމާޒުވެފައި އޮވެ އެވެ. އަދި އެފްކޮންސް އިން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތަކުގެ ކޮލިޓީ އާއި މަސައްކަތުގެ ޝެޑިއުލްތައް އެހެން އެފަދަ ޕްރޮޖެކްޓްތަކާ ވަރުން އަޅުވާ ހަދަ އެވެ.
އެޕްކޮންސްގެ ތައާރަފެއް - އެފްކޮންސް އަކީ މަސައްކަތުގެ ތަޖުރިބާގައި ބައި ގަރުނަށްވުރެ ދިގު މާޒީއެއް އޮތް އަދި ދުނިޔޭގައި މަސައްކަތުގެ ވަރުދަ ނެޓްވޯކެއް އުފައްދައި ރަނގަޅު ޓްރެކް ރިކޯޑެއް ވެސް އޮތް ބްރިޖް / މެރިން ޕޯޓް ފެސިލިޓީ ކުންފުންޏެކެވެ. ޕޯޓް ފެސިލިޓީގައި ދުނިޔޭ ހަ ވަނައިގައި އޮތީ އެފްކޮންސް އެވެ. ބްރިޖު އެޅުމުގައި ރަނގަޅު މަގާމެއް ހޯދާފައި ވެއެވެ.

އެފްކޮންސްގެ ބޮޑެތި ބައެއް މަޝްރޫއު:

  • 1.ޖައްމު، ކަޝްމީރްގައި އެޅި ޗެނަބް ރޭލް ބްރިޖު
  • 2.ހިމާޗަލް ޕްރަދޭޝްގައި އެޅި ދުނިޔޭގެ އެންމެ ދިގު ހައިވޭ ޓަނަލް
  • 3.ކޮލްކަޓާގައި އެޅި އިންޑިއާގެ ފުރަތަމަ ކަނޑުއަޑީގެ ޓަނަލް
  • 4.ކެރަލާގައި އެޅި އިންޑިއާގެ އެންމެ ދިގު ރޭލު މަގު
  • 5.ޗެންނާއީގައި ހެދި އިންޑިއާގެ ބިމުއަޑީގެ އެންމެ ބޮޑު މެޓްރޯ ސްޓޭޝަން
  • 6.ނިއުދިއްލީގައި އެޅި އިންޑިއާގެ ބިމުއަޑީގެ ފުރަތަމަ މެޓްރޯ ސްޓޭޝަން
  • 7.އޮމާނާއި ހުޅަނގު އެފްރިކާ އާއި ގެބޮންގައި އެޅި ބަނދަރު.
  • 8.ގާނާގައި ހިންގި ރޭލްވޭ ޕްރޮޖެކްޓް

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.