ހުރިހާ ކެންޑިޑޭޓުން ވެސް މާލީ ބަޔާން ހުށައަޅައިފި

ދެވަނަ ބުރުގައި ވާދަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެ ދެ ބޭފުޅުންގެ މާލީ ބަޔާން ހުށައެޅުމުގެ ސުންގަޑި އަކީ މި މަހުގެ 29 ވަނަ ދުވަހެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން: ކެންޑިޑޭޓުން ވަނީ މާލީ ބަޔާން ހުށަައަޅާފައި

ރިޔާސީ އިންތިހާބު 2023 ގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަހަޅަން ޖެހޭ ހުރިހާ ކެންޑިޑޭޓުން މާލީ ބަޔާން ހުށައަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް / ކޮމިޝަންގެ ތަރުޖަމާން އިސްމާއީލް ހަބީބު ދެންމެ ވިދާޅުވީ ރިޔާސީ އިންތިހާބު 2023 ގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭ ހުރިހާ ކެންޑިޑޭޓުން ހުށަހަޅަން ޖެހޭ ވަގުތަށް އިލެކްޝަންސް ކޮމިޝަނަށް މާލީ ބަޔާން ހުށަހަޅާފައިވާ ކަމަށެވެ.

މިއަދުގެ ނިޔަަލަށް މާލީ ބަޔާން ހުށައަޅަން ޖެހެނީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަ ކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ދެވަނަ ބުރަށް ވަޑައިގެންނެވި ދެ ކެންޑިޑޭޓުން ފިޔަވާ އެހެން ކެންޑިޑޭޓުންނެވެ. ހަބީބު ވިދާޅުވީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އުމަރު ނަސީރާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި އަމިއްލަ ގޮތުން ވާދަކުރެއްވި އަހްމަދު ފާރިސް މައުމޫނާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ހަސަން ޒަމީލްގެ މާލީ ބަޔާން ހުށައަޅާފައިވާ ކަމަށެވެ.

ދެވަނަ ބުރުގައި ވާދަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެ ދެ ބޭފުޅުންގެ މާލީ ބަޔާން ހުށައެޅުމުގެ ސުންގަޑި އަކީ މި މަހުގެ 29 ވަނަ ދުވަހެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.