ޔާމީންގެ ޖޫރިމަނާ ފައިސާ ހޯދަން ސިވިލް ކޯޓަށް ވެއްދި މައްސަލަ ބޭރުކޮށްލައިފި

ޔާމީންގެ ޖޫރިމަނާ ފަސްކުރުމަށް މިދިޔަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ހައިކޯޓުން އަމުރެއް ނެރެފައި ވަނީ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދެއްވުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުމުންނެވެ.

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން: ޖޫރިމަނާ ފައިސާ ހޯދަން ދައުލަތުން ހުށަހެޅި މައްސަލަ ވަނީ ބޭރުކޮށްލާފައި -- މި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ދައުލަތަށް ދައްކަން އަމުރުކޮށްފައިވާ ފަސް މިލިއަން ޑޮލަރު ހޯދަން ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުގާބިލުގައި ރިޝްވަތު ހިފައި، މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމާއެކު. ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމް އިއްވާފައި ވަނީ ޑިސެމްބަރު 25، 2022 ގައެވެ. ޖޫރިމަނާގެ ފައިސާ ދައްކަން އަމުރުކޮށްފައި ވަނީ އެ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގަ އެވެ.

އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ދައްކާ ނިންމާފައި ނުވާތީ ދައުލަތުން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ. އެކަމަކު ސިވިލް ކޯޓުން އިއްޔެ އެ މައްސަލަ ބޭރުކޮށްލާފައި ވަނީ ޖޫރިމަނާގެ ފައިސާ ދެއްކުން ފަސް ކުރުމުގެ އަމުރެއް ހައިކޯޓުން ނެރެފައިވާތީ އެވެ.

ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އަހްސަން އިއްވި ހުކުމުގައި ބަޔާންކޮށްފައި ވަނީ، ހައިކޯޓުގެ އިސްތިއުނާފްގެ މައްސަލަ ނިމޭނެ ދުވަހެއް ނޭންގޭތީ މި މައްސަލަ ސިވިލް ކޯޓުގައި ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި، ހައިކޯޓުގެ މައްސަލަ ދައުލަތާ އެއްކޮޅަށް ނިމިއްޖެނަމަ އަލުން މި ފައިސާ ހޯދަން ރައީސް ޔާމީނާ ދެކޮޅަށް ދައުލަތަށް ދައުވާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

ޔާމީންގެ ޖޫރިމަނާ ފަސްކުރުމަށް މިދިޔަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ހައިކޯޓުން އަމުރެއް ނެރެފައި ވަނީ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދެއްވުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުމުންނެވެ. ހައިކޯޓުން ހަމައެކަނި ފަސް ކޮށްދީފައި ވަނީ ޖޫރިމަނާގެ ފައިސާ އެވެ.

އެމަނިކުފާނު މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އެކަމަކު މިހާރު ހުންނެވީ ލުއިތަކަކާއެކު މާލޭ ބަންދަށް ބަދަލުކޮށްފަ އެވެ. ހައިކޯޓުގައި އިސްތިއުނާފްކޮށްފައި އޮތް މައްސަލަ މިދުވަސް ކޮޅު ކުރިއަކަށް ނުދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.