އައްޒަ އާއި މުއާ ޗުއްޓީގައި ތުރުކީ ވިލާތަށް ދިޔަ އިރު ވަރަށް ގިނަ ދިވެހިން ޗުއްޓީ އަށް މިހާރު ދަނީ އެ ގައުމަށެވެ.
ފިލްމީ ތަރިން / ދެމަފިރިން ކަމަށްވާ މަރިޔަމް އައްޒަ އާއި އަބްދުﷲ މުއާޒް (މުއާ) ޗުއްޓީއެއް ހަދާލަން ތުރުކީ ވިލާތަށް ދަތުރު ފަށައި ޗުއްޓީ ކުރަމުން އެބަދެ އެވެ.
މި ދެ ތަރިންކީ ރާއްޖޭގެ ފިލްމީ ދާއިރާގައި މަގުބޫލް އަދި އާންމު ގިނަ ބައެއްގެ ސަމާލުކަން ބޮޑު ދެ ތަރިންނެވެ.
މިދިއަ ކޮވިޑްގެ ތެރެއިން 2020 ގައި ކައިވެނި ކުރި ސްޓާ ދެމަފިރިންގެ ޗުއްޓީ ދަތުރުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް އައްޒަ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
އައްޒަ އާއި މުއާ ޗުއްޓީގައި ތުރުކީ ވިލާތަށް ދިޔަ އިރު ވަރަށް ގިނަ ދިވެހިން ޗުއްޓީ އަށް މިހާރު ދަނީ އެ ގައުމަށެވެ.
ވަރަށް ދެއްކުންތެރި މީހެއް އައްޒަ ތީ.
އަލަށް ދެވުނީމަ އަންގާލީ ދޯ...
ދެން އަހަރުންނަށް ކޮން ކަަމެއް. ލާރި އޮތިއްޔާ ހަމަ ދާންވީނުން. ހަދިޔާއެއް ގެންނާނެ ނަމަ އެންމެ ރަނގަޅު