އެންސީޓީސީ އަކީ ލާދީނީ ފިކުރު ރާއްޖޭގައި ފަތުރާ ބައެއް: ނިޝާން

ނިޝާނަކީ ޖޫން 21، 2022 ވަނަ ދުވަހު ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަހައްދުގައި ޔޯގާ ދުވަސް ފާހަގަ ކުރަން އުޅުމުން ހިނގި ހަމަނުޖެހުންތަކާއި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާފައި ވާތީ ދައުވާ އުފުލާފައިވާ ޝައިހެކެވެ.

ދީނީ އިލްމުވެރިޔާ ޝައިހު އާދަމް ނިޝާން

ދިވެހި ދައުލަތުން ގާއިމު ކޮށްފައިވާ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އަކީ ލާދީނީ ފިކުރުތައް ރާއްޖޭގައި ފަތުރަން މަސައްކަތް ކުރާ ތަނެއް ކަމަށް ރާއްޖޭގެ ދީނީ ދަންބޭކަލެއް ކަމަށްވާ / އިލްމުވެރިޔާ ޝައިހު އާދަމް ނިޝާން ވިދާޅުވެ ތުހުމަތެއް ކުރައްވައިފި އެވެ.

ވަރަށް ގިނަ ކަންކަމަށް ފާޑު ވިދާޅުވެ އުޅުއްވާ ޝައިހު ނިޝާން އެންސީޓީސީއަށް ތުހުމަތުތައްކޮށް ވިދާޅުވެފައި "ދިވެހި ރައްޔިތުން ނުކުމެ އެންމެ ފުރަތަމަ މައިތިރި ކުރަންވީ މި ގައުމުގައި މިތިބަ ދިވެހި ޔަހޫދީ ޒަޔަނިސްޓު ބައިގަނޑު" ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ "މިބައިމީހުން އަދިވެސް މިދަނީ އިސްލާމް ދީނުގައި ޝަރުއު ވެފައިވާ މަތިވެރި ޖިހާދަކީ ޓެރަރިޒަމް ކަމަށް ބުނަމުން" ކަމަށެވެ. 

އޭ އެކްސްގައި އެހެން ލިޔުއްވާފައި ވަނީ އެންސީޓީސީން ކޮށްފައިވާ ޕޯސްޓަކާއެކު އެވެ. އޭ އިތުރަށް ވެއް ލިޔުއްވަ އެވެ: 

"މި އެންސީޓީސީ އަކީ ހުޅަނގާއި ޔަހޫދީން ބޭނުންވާ ގޮތަށް، އެމީހުން އިސްލާމްދީނާއި މުސްލިމުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތައް ޒީނަތްތެރިކޮށް، އިސްލާމީ ޝަރީއަތާއި އިސްލާމީ ޖިހާދަކީ ޓެރަރިޒަމް ކަމަށް ކަނޑައަޅައި، އެމްޑީއެންގެ ލާދީނީ ފިކުރު ފެތުރުމަށް މަސައްކަތްކުރާ ބައިގަނޑެކެވެ."

މީގެ އިތުރުން އޭނާ ވިދާޅުވަނީ އެންސީޓީސީން ޓެރަރިޒަމް ކަމަށް ބުނެ ހުޅަނގުން ޖެހިހާ ބެރަކަށް ނަށަމުން، މުސްލިމުން ވާ ވައްދަން ކުރި މަސައްކަތް ދެން ކާމިޔާބު ނުވާނެ ކަމަށެވެ. ހުޅަނގުން ޓެރަރިޒަމް މާނަ ކުރާ ގޮތަކީ ކޮބައިކަން މިއަދު މުޅި ދުނިޔެއަށް ވެސް އެނގިފައިވާ ކަމަށެވެ. 

ނިޝާންގެ ފަރާތްޕުޅުން މި ފަދައިން ވާހަކަ އައިސްފައި އިޒްރޭލުން މިދިއ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނަށް ދޭން ފެށު ހަމަލާތަކާއެކު އުފެދިފައިވާ ހަނގުރާމައިގައި ބައިވެރި ވާން ދިވެހީންތަކެއް ދިޔަ ކަމަށް ބުނާ ވާހަކައިގެ ހަގީގަތްތައް ބަލަން ފަށާފައިވާ ކަމަށް އެންސީޓީސީގެ ޑައިރެކްޓަ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވުމާއި ގުޅިގެނެވެ. 

ނިޝާނަކީ ޖޫން 21، 2022 ވަނަ ދުވަހު ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަހައްދުގައި ޔޯގާ ދުވަސް ފާހަގަ ކުރަން އުޅުމުން ހިނގި ހަމަނުޖެހުންތަކާއި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާފައި ވާތީ ދައުވާ އުފުލާފައިވާ ޝައިހެކެވެ. އޭނާއަށް ދައުވާ ކުރީ ޓެރަރިޒަމް އަމަލެއް ހިންގަން ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ.

ކޮމެންޓް

1
450
އަލީ ބިން ޔޫސުފް
6 months ago

ޝަރުއީ ޖިހާދަކީ އަޅުކަމަކަށް ވީހިނދު އެންމެހާ އަޅުކަންތަކެކޭ އެއްފަދައިން އެކަމުގެ ރުކުން ތަކަކާއި ވާޖިބު ތަކެއް ހިމެނިގެން ވެއެވެ. ތިމާގެ މުސްލިމްވެރިޔާ އައްޔަނު ކުރާ ވެރިޔެއްގެ ދިދައިގެ ދަށުގައި ނޫނީ ޖިހާދެއް ނުކުރެވޭނެއެވެ. އަދިވެސް ކިތަންމެ ޝަރުތެއް ޖިހާދުގައި ވެއެވެ. ހަމަ ގޭގައި އޮވެފާ، ހިތަށް އަރާއިރަށް ޖިހާދަކަށް ނުދެވޭނެއެވެ. މިއީ ގޭގައި ހުކުރުކޮށް ޖަމާއަތް ހަދާ ޚަވާރިޖުންގެ ހުކުމެވެ. މިއީ ނަރަކައިގެ ކުއްތާއިން ކަމުގައި ޙަދީޘްގައި އޮވެއެވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.